ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޔޫއެމްގެ ދެވަނަ ޓާމުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

STO_Ads
TTH_Ads
Advertisement

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ދެވަނަ ޓާމުގައި ތަފާތު ދާއިރާތަކުން 67 ކޯހަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެތެރޭގައި ޤުރުއާނާއި، ޝަރީޢާ، ފިޤުހު، އިސްލާމިކް ސްޓަޑީސް، ފައިނޭންސް، މެނޭޖްމެންޓް އަދި ޖާނަލިޒަމް ފަދަ ދާއިރާތައް ހިމެނެއެވެ. ލެވެލްތަކަށް ބަލާއިރު ޕީއެޗްޑީގެ 1 ކޯހާއި، މާސްޓާސްގެ 15 ކޯހާއި، ބެޗެލާސްގެ 16 ކޯހުގެ އިތުރުން ޕޯސްޓް ޑިޕްލޮމާ، އެސޯސިއޭޓް ޑިގްރީ، ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ގިނަ ކޯސްތަކެއް ހިމެނެއެވެ.

ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ޝީނާ ވިދާޅުވީ، މިއީ އޭލެވެލް ނިންމި ކުދިންނަށް ވެސް އަމިއްލަ ރަށުގައި ތިބެގެން ކިޔަވަން ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. މައި ކެމްޕަހުގެ އިތުރުން ރ. އުނގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި އައްޑޫ ސިޓީގެ މީދޫ އާއި މަރަދޫފޭދޫ ކެމްޕަހުގައި ކްލާސްތައް ކުރިއަށްދާނެއެވެ. ކެމްޕަސްތަކަށް ހާޒިރުވެގެންނާއި، ވާޗުއަލްކޮށް އަދި އޮންލައިންކޮށް ވެސް ކިޔަވައިދޭނެއެވެ.

މިފަހަރުގެ ކޯސްތަކުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހިންގާ “ޑިޕްލޮމާ އިން ސްޕެޝަލް އެޑިއުކޭޝަން” އަކީ ޓީޗަރުން ހޯދަން ދަތި ދާއިރާއަކަށް ވުމުން ވަރަށް މުހިންމު ކޯހެއްކަން ޑރ. ޝީނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ސެންޓަރ ފޮރ ރިސާރޗްގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު ޞާލިހް ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކައުންސެލިންގ ދޭން ދަސްކޮށްދޭ “ސެޓްފިކެޓް 4 އިން ސްޕިރިޗުއަލް އިންޓަލިޖެންސް ކައުންސެލިންގ” ކޯހުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

MMA_Ads
HajjCop_ads
Advertisement

ކޯސްތަކުގެ ޝަރުތުތަކާއި ފޯމު އައިޔޫއެމްގެ ޕޯޓަލްއިން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ޔުނިވަރސިޓީގެ ހޮޓްލައިން 1405 ނުވަތަ 7923247 އަށް ވައިބާ/ވަޓްސްއެޕް މެސެޖެއް ކޮށްގެން ހޯދޭނެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އައިޔޫއެމްގައި 100 އަށްވުރެ ގިނަ ދަރިވަރުން ޕީއެޗްޑީއަށް ކިޔަވަނީ

އެމްއެންޔޫގެ ފަހި ފުރުސަތު ވަޒީފާގެ ބާޒާރު މާދަމާ ފަށަނީ

މުވައްޒަފުންނާއި ދަރިވަރުން އިތުރުކުރުމަށް ޝައިޚުލް އަޒްހަރާ ގުޅިގެން އައިޔޫއެމްއިން މަސައްކަތް ކުރަނީ

ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕަށް ކުރިމަތިލީ ފަރާތްތަކަށް މައުލޫމާތުދީފި