ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޔޫއެމް ކޮންފަރެންސަށް އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ސްޕޮންސަރ ދެނީ

Dd531c14 7984 44d9 b4ad 9a7e2f078b68
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ކުރިއަށްގެންދާ 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ކޮންފަރެންސަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސްޕޮންސަރޝިޕް ދެއްވާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މިއީ އައިޔޫއެމް ރިސަރޗް ސެންޓަރުން ކުރަމުންދާ ބުރަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ދެއްވާ އެހީތެރިކަމެއް ކަމަށެވެ. އަދި ޔުނިވަރސިޓީގެ މަޤްޞަދަކީ ހަމައެކަނި ކިޔަވައިދިނުން ނޫން ކަމަށާއި، މުޖުތަމަޢަށް ޚިދުމަތްކުރުމާއި ޢިލްމީ އައު ހޯދުންތަކާއި ދިރާސާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ކުރިއަށްގެންދަވަމުން ވަޒީރު ފާހަގަކުރެއްވީ، ޢިލްމީގޮތުން މުޖުތަމަޢު ބިނާކުރުމަކީ މަތިވެރި ވާޖިބެއް ކަމަށެވެ. އަދި ﷲ ތަޢާލާ އިންސާނާ އުފައްދަވައި ބިންމަތީގައި ޚަލީފާވެރިކުރެއްވީ ޢިލްމުވެރިކަމާއެކު ކަމަށާއި، ޢިލްމަކީ ނަބީބޭކަލުންގެ ތަރިކަ ކަމުގައި ލައްވާފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

HajjCop_ads
Advertisement

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިސީއައިއޭ ކޮންފަރެންސް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއީ ޢިލްމީ މަޢުލޫމާތު ބަދަލުކުރުމާއި ދިރާސީ މަސައްކަތްތައް އިތުރުކުރުމަށް ފުޅާ ފުރުޞަތުތަކެއް ހުޅުވާލަދޭ މުހިންމު ބައިނަލްއަޤުވާމީ ޕްލެޓްފޯމެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިޔޫއެމް އިން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

އައިޔޫއެމްގެ ދެވަނަ ޓާމުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

މުވައްޒަފުންނާއި ދަރިވަރުން އިތުރުކުރުމަށް ޝައިޚުލް އަޒްހަރާ ގުޅިގެން އައިޔޫއެމްއިން މަސައްކަތް ކުރަނީ

ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕަށް ކުރިމަތިލީ ފަރާތްތަކަށް މައުލޫމާތުދީފި