ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަޤްވާމީ ކޭމްޕެއް ރާއްޖޭގައި ފަށައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އިކޮނޮމިކްސް އެންޑް ޓްރެއިނިން ކޭމްޕް، އައިއީޓީސީ 2026 ރަސްމީކޮށް ފަށައިފިއެވެ. މި ތަމްރީނު ކޭމްޕަކީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ، އައިއައިޔޫއެމްގެ އިސްނެގުމުގެ މަތިން، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއާ ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

މި ކޭމްޕު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުޞްޠަފާއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޢިދު ވަނީ މިފަދަ ތަމްރީނު ކޭމްޕެއް ދިވެހިރާއްޖޭގައި ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

“ރާއްޖެފަދަ އިސްލާމީ ގައުމުތަަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ދަރަނި ދެއްކުން. އަޅުގަނޑު އުންމީދުކުރަން މި ކޭމްޕުގެ ޒަރިއްޔާއިން މިފަދަ ގޮންޖެހުންތަކަށް ހައްލެއް ހޯދޭނެފަދަ ގޮތްތަކާގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް”. ސާޢިދު 

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، މި ތަމްރީނު ކޭމްޕަކީ އެ ޔުނިވަރސިޓީއާއި އައިއައިޔޫއެމްއާއެކު އޮންނަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، މި ގުޅުމުގެ ސަބަބުން ކުރެވޭ މަސައްކަތްތަކާއެކު ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

ޑރ. ޢަލީ ޒާހިރުގެ ވާހަކައިގައި އިގުތިޞާދީ ދާއިރާތަކުން ކުރިއެރުމަށް ކުރިމަތިވެފައިވާ އަދި މިހާރުވެސް ކުރިމަތިވަމުންދާ އުނދަގޫތަކަށް ވަނީ އިޝާރާތްކުރައްވާފައެވެ. އަދި ޤައުމެއްގެ ތަރައްޤީއަކީ ހަމައެކަނި އިޤްތިޞާދީ ކުރިއެރުމުން މިންކުރެވޭނެ ކަމެއް ނޫން ކަމަށާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ރަނގަޅުކޮށް، އިސްލާމީ އިޤްތިޞާދަކީ އަޚްލާޤީ އޮނިގަނޑެއްގެ ތެރެއިން ހިންގޭ ނިޒާމަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއައިޔޫއެމްގެ ވައިސް ޑިރެކްޓަރ އޮފް ރިސާރޗް އެންޑް އިނޮވޭޝަން، ޕްރޮފެސަރ މުޙައްމަދު އަސްލަމް ވިދާޅުވީ މިއީ މިފަދަ 4 ވަނަ ކޭމްޕ ކަމަށެވެ. އަދި މި ކޭމްޕްގެ އަމާޒަކީ އިސްލާމީ އިޤްތިޞާދީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުން ކަމަށާއި، މި ކޭމްޕުން ދަސްވާ ކަންކަން ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްލާމީ އިޤްތިޞާދު ބިނާވެފައިވަނީ ޢަދުލުވެރިކަމާއި، ޒިންމާދާރުކަމާއި، ހަމަހަމަކަމާއި އަދި ޢާންމު މަޞްލަޙަތުގެ އުޞޫލުތަކުގެ މައްޗަށެވެ. މިއީ ދުނިޔޭގެ ދެމެހެއްޓެނިވި ލަނޑުދަނޑިތަކާވެސް އެއްގޮތްވާ އަޚްލާޤީ ނިޒާމެކެވެ. މި ކޭމްޕުގެ މި އަހަރުގެ ޝިޢާރަކީ “އެޑްވާންސިންގ އިސްލާމިކް އިކޮނޮމިކްސް ފޯރ ގްލޯބަލް ސަސްޓެއިނަބިލިޓީ އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް” އެވެ.

މިކޭމްޕްގެ ތެރެއިން ޒަކާތާއި، ވަޤުފާއި، އިސްލާމިކް ސޯޝަލް ފައިނޭންސް ފަދަ އިސްލާމީ އިޤްތިޞާދީ ވަސީލަތްތައް ބޭނުންކޮށްގެން، ޚާއްޞަކޮށް ކުރިއަރަމުން އަންނަ އަދި ނާޒުކު އިޤްތިޞާދުތަކުގައި ދެމެހެއްޓެނިވި ތަރައްޤީއާއި ޝާމިލު ކުރިއެރުން ހޯދޭނެ ގޮތްތަކާ މެދު ބައިވެރިން ދިރާސާކުރާނެއެވެ.

މީގެ އިތުރުން، އެކަޑަމިކް މަޝްވަރާތަކާއި ސިޔާސަތުތަކަށް އަމާޒުކޮށް ކުރެވޭ ބަހުސްތަކުގެ ޒަރީޢާއިން، ޒުވާން ޢިލްމުވެރިންނަށް ޢަމަލީ ޙައްލުތައް ހޯދުމުގެ ފުރުސަތުތައްވެސް މި ކޭމްޕުގެ ޒަރިއްޔާއިން ފަހިކޮށްދިނުމަށް ވަނީ ހަަމަޖެހިފައެވެ. އަދި އިންސާނީ ތަރައްޤީއަށް މަގުފަހިކުރާ ސިޔާސަތުތަކާއި ނިޒާމުތައް ބައްޓަންކުރުމުގެ ޤާބިލުކަން ލިބިފައިވާ އިސްލާމީ އިޤްތިޞާދީ މާހިރުންގެ ޖީލެއް ބިނާކުރުމަކީވެސް މި ކޭމްޕްގެ މަގުސަދެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވަނީ ވަރުގަދަ އަޚްލާގީ މިންގަނޑެއް: ޑރ. އަލްޢަޤުލާ

އައިޔޫއެމްގެ 11 ވަނަ އައިސީއައިއޭގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް

988

އިސްލާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢުދީއާ ދެމެދު މަޝްވަރާކުރައްވައިފި

Resorts

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އޮގަސްޓު 14 އިން 15އަށް ބޭއްވުމަށް ނިންމައިފި