ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

އެމެރިކާ ރައްޔިތުން މިދުވަސްވަރު ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އެކަމާމެދު އަލުން ވިސްނުމަށް ސައުދީގައި ހުންނަ އެމެރިކާ އެމްބަސީން އިރުޝާދު ނެރެފިއެވެ.

ސައުދީގައި ހުންނަ އެމެރިކާ އެމްބަސީން މިފަދަ އިރުޝާދެއް މި ނެރުނީ، މައްކާ ސަރަހައްދާއި، ސައުދީ އަރަބިއްޔާގެ އެހެނިހެން ސަރަހައްދުތަކަށް ހޫޘީން ހަމަލާ ދީފާނޭ ކަމަށް ސައުދީ ސަރުކާރުން ނެރުނު އެލަޓާ ގުޅިގެންނެވެ.

އެމްބަސީން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކަށް ހޫޘީންގެ ހަމަލާތައް އަމާޒުވުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އަދި ހަމައެއައެކު ސައުދީގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އީރާނުގެ ޑްރޯން އާއި މިސައިލް އަމާޒުކޮށް ހަމަލާ ދީފާނޭ ކަމުގެ ނުރައްކާވެސް އެބައޮތް ކަމަށްވެސް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

ޓެރަރިޒަމްގެ ނުރައްކާ އޮތުމުން، ޚާއްސަކޮށް ސައުދީ-ޔަމަން ބޯޑަރު ސަރަހައްދަށް ދަތުރު ނުކުރުމަށް އެމެރިކާ ރައްޔިތުންނަށް އެމްބަސީން އިންޒާރު ކޮށްފައި ވެއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިންވެސް ވަނީ މިފަދަ ބަޔާނެއް ނެރެފައެވެ. އެގޮތުން އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމާ މެދު ލެވެލް 3 ގެ އިންޒާރު ނެރެފައި ވާއިރު، ޔަމަނަށް ދަތުރުކުރުމާމެދު ލެވެލް 4  ގެ އިންޒާރު ނެރެފައި ވެއެވެ.

ސައުދީ އަސްކަރިއްޔާއިން ބުނެފައިވަނީ، ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ހިންގާ އުދުވާނުގައި މައްކާ ރީޖަންއަށާއި، މަދީނާ ރީޖަންއަށް އަމާޒުކޮށްވެސް މިސައިލްތަކެއް ފޮނުވާލި ކަމަށެވެ. ނަމަވެސް ސައުދީ ސަލާމަތީ ބާރުތަކުން އެ މިސައިލްތައް ވައްޓާލި ކަމަށް ބުނެފައި ވެއެވެ. ހޫޘީންވަނީ މިވާހަކަ ދޮގުކޮށްފައެވެ.

އަނެއްކޮޅުން، މައްކާ އަދި މަދީނާ ރީޖަންއަށް އަމާޒުކޮށް ހޫޘީން ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުންވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މާދަމާ މިސްރަށް ވަޑައިގަންނަވަނީ

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި