ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައުދީ ވެރިރަށުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު، ޑިޕްލޮމޭޓުން ރައްކާތެރިވުމަށް އިރުޝާދު

–
STO_Ads
Maldivian_Ads
TTH_Ads
Advertisement

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުން އެބަދެއެވެ.

ސައުދީ ވެރިރަށުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުންދަނީ، ޔަމަނުގެ ހޫޘީންނާއި ސައުދީ ފައުޖުތަކާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ވަރުގަދަވެފައި ވަނިކޮށެވެ.

ހޫޘީންގެ ހަމަލާތައް މިއަދު އަމާޒުވެފައިވަނީ ކޮން ތަންތަނަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ވެރިރަށް ރިޔާޟްގެ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހޫޘީން ތަކުރާރުކޮށް ހަމަލާތައް ދެމުން ގެންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

HajjCop_ads
Advertisement

ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، ވެރިރަށުގެ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، އިތުރު އެއަރޕޯޓަކަށް ހޫޘީން ދިން ހަމަލާތަކުގައި މިހާތަނަށް 3 މީހުން މަރުވެ 36 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މަދަނީ ތަންތަނުގެ އިތުރުން، ސައުދީ އަރަބިއްޔާގެ އެހެން ހިސާބުތަކުގައި ހުރި ސައުދީ އަސްކަރީ ސައިޓްތަކަށާއި، ނާޒުކު އިންފްރާސްޓްރަކްޗަރއަށް ހޫޘީން ގެންދަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދެމުންނެވެ.

ސައުދީ ވެރިރަށަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކާ ހެދި ވެރިރަށުގައި އުޅޭ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ރައްކާތެރިވުމަށް މިހާރު އިރުޝާދު ދެވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި ސައުދީ ވެރިރަށުގައި ހިންގާ އިންޓަރނޭޝަނަލް ސްކޫލްތަކުންވެސް ރައްކާތެރި ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނެއެވެ. އެއް ސްކޫލަކުން ދަރިވަރުން ބިންގަރާސްތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބުނެއެވެ.

ސައުދީ އަރަބިއްޔާއަށް ހޫޘީން ދޭ ހަމަލާތައް ވަރުގަދަވުމާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ އެކުވެރި ގައުމުތަކުގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން ލޮޖިސްޓިކް ސަޕޯޓް ނުވަތަ ހޫޘީންގެ ހަމަލާތަކުން ދިފާއުވުމުގައި ނަމަވެސް އެހީތެރިކަން ދިނުމަށް ތުރުކީ އަދި ޕާކިސްތާނު ފަދަ ގައުމުތަކުގެ ކިބައިން އެދިފައި ވެއެވެ.

ހޫޘީންނާ ދެކޮޅަށް ސައުދީން ދެމުންގެންދާ ހަމަލާތަކުގައި ބައިވެރިވާން ސިފައިން ފޮނުވަން ވިސްނަމުންދާ ކަމަށް ސޫރިޔާ ސަރުކާރުންވެސް މިއަދު ހާމަކޮށްފައި ވެއެވެ. މިކަން އެމެރިކާއިންވެސް ކަށަވަރު ކޮށްދީފައި ވެއެވެ.

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރުވެސް މިހާރު އުފެދިފައިވާ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޫޘީން ބަލިކޮށް ބާބުލް މަންދަބްގެ ކޮންޓްރޯލް ނެގިއްޖެ: ޔަމަން ސަރުކާރު އަސްކަރިއްޔާ

މަދީނާ އިންޖީނުގެއަށް ހޫޘީން ދިން ހަމަލާ އިސްލާމީ ގައުމުތަކުން ކުށްވެރިކުރަނީ

Nimaal

ސައުދީއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ފުޅާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު

ސަޢުދިއަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި