މިޑްޓާމް އިންތިހާބުގެ ކުރިން ތެލުގެ އަގު ބޮޑުކުރަން ޔަމަނުގެ ހޫޘީން ގަސްތުގައި މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޫޘީން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
ޓްރަމްޕްގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، ހޫޘީން ކަންތައް ކުރަމުންދަނީ ވަރަށް ގޯސްކޮށް ކަމަށާއި، މިދިޔަ އަހަރު އެމެރިކާއިން ޔަމަނަށް ދިން ހަމަލާތަކަށް ފަހު ނިސްބަތުން ހަމަހިމޭން ދުވަސްވަރަކަށް ހޫޘީން އަލުން ހަމަލާތައް ފަށައިގެން އުޅޭނީ އީރާނުގެ އެދުމުގެމަތިން ކަމަށް އެމެރިކާގެ ރައީސް ތުހުމަތު ކޮށްފައި ވެއެވެ. އަދި އެކަން ކުށްވެރިވެސް ކޮށްފައި ވެއެވެ.
ޓްރަމްޕް ބުނީ، ހޫޘީން ސައުދީ އަރަބިއްޔާއަށް ދެމުންގެންދާ ހަމަލާތަކުގެމަތިން އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ކަމަށެވެ.

އީރާނުގެ އެދުމުގެމަތިން ސައުދީ އަރަބިއްޔާއަށް ހަމަލާދީ ހޫޘީން އަމަލުކުރަމުން ގެންދަނީ ވަރަށް ނުބައި ގޮތަކަށް ކަމަށާއި، އެއީ، އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން ގަސްތުގައި ތެލުގެ އަގު ބޮޑުކުރަން ކުރަމުންދާ ކަންތައް ތަކެއް ކަމަށާއި، އެއީ ސަޅިކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް، ޕޯސްޓްގައި ލިޔެފައި ވެއެވެ.
ހޫޘީންގެ އަމަލުތައް ކުށްވެރިކޮށް އެމެރިކާގެ ރައީސް ވާހަކަ ދައްކާފައި މިވަނީ، ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަނުމަށް ހޫޘީން އިއްޔެ އެމެރިކާއަށް އިންޒާރު ކޮށްފައި ވަނިކޮށެވެ.
ހޫޘީންގެ ފަރާތުން މިއިންޒާރު އައީ، އެ ޖަމާއަތާ ކުރިމަތިލުމުގައި ސައުދީ އަރަބިއްޔާއިން އެމެރިކާގެ އެހީއަށް އެދިފައިވާ ކަމުގެ ރިޕޯޓްތަކެއް ފެތުރެމުންދަނިކޮށެވެ.
ހޫޘީ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު މުހައްމަދު އަލް ބުޚައިތީ އިއްޔެ ބުނީ، ޔަމަނާ ދެކޮޅަށް އުދުވާނު ހިންގުމުގައި އެމެރިކާ ބައިވެރިވެއްޖެނަމަ ބަދަލުގައި އެމެރިކާއާއި އަދި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ މަސްލަހަތުތަކަށް އަމާޒުކޮށް ވޭންދެނިވި ރައްދުތަކެއް ދޭނޭ ކަމަށެވެ.











ކިޔުންތެރިންގެ ހިޔާލު