ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި އުޅުނު އުމުރުން ދުވަސްވީ މީހަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި

Qw
Maldivian_Ads
STO_Ads
TTH_Ads
Advertisement

ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ގެންގޮސްފިއެވެ.

މި މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނާއި، އެ ރަށު ކައުންސިލް އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން ކުރެވުނު މަސައްކަތުންނެވެ.

ގދ. އަތޮޅު ޕޮލިހުން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން ދުވަސްވެ ގައިބާރު ދެރަވެ ނިކަމެތި ހާލުގައި އުޅުނު އެ މީހާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، އެފަރާތުގެ ހާލަތު ދުވަހުން ދުވަހަށް ވަރަށް ގާތުން ބަލައި މޮނީޓާކުރުމުގެ މަސައްކަތް ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ވަނީ ކޮށްފައެވެ.

HajjCop_ads
Advertisement

އަދި މިނިސްޓްރީއާ ހަވާލުކުރުމާ ހަމައަށް އެ ފަރާތުގެ ކެއިންބުއިމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ފަރާތުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭގޮތުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް މުޙައްމަދު ސޮބާހު ވިދާޅުވީ، އެމީހާ އެ ހާލުގައި އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އޭނާގެ ސިއްހީ ހާލަތުވެސް ރަނގަޅު ނޫން ކަމަށެވެ.

ސޮބާހު ވިދާޅުވި ގޮތުގައި އެ މީހާގެ އުމުރު 70 އަހަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭއިރު، އޭނާ ދިރިއުޅެމުންދިޔައީ ގޭގައި އެކަނި ކަމަށެވެ. އަދި ސިއްހީ ހާލަތު ހުރި ގޮތުން އެކަނި އުޅެން ދަތިވެފައިވާތީ، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަންދެން ކައުންސިލުން ދެެވެން އޮތް ټول އެހީތެރިކަމެއް ފޯރުކޮށްދެމުން ދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ރަށުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، އުމުރުން ދުވަސްވީ އެ މީހާގެ ދަރިންނާއި އާއިލާގެ އެހެން މީހުން ތިބި ނަމަވެސް، އެއިން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް އޭނާއަށް ލިބެމުން ނުދާ ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މުޙައްމަދު
މިއީ ކިހިނެއް ހިގާކަމެއް ދަރިން ތިއްބާ ދައުލަތަށް ބަލަދު އަރާނެ ގޮތެއް ދައުލަތުން ބުނެދޭން އެބަޖެހޭ؟ މި އީ މުސްލިމް ޤައުމެއް.

ގުޅުންހުރި

WhatsApp Image 2026 10 11 at 14.18.54

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ %63 މަސައްކަތް ނިމިއްޖެ

ހަތަރު ރަށެއްގެ މިސްކިތް ބިނާކުރުމުގެ ބީލަމަށް ހުޅުވާލައިފި

WhatsApp Image 2026 09 24 at 10.39.50

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ

WhatsApp Image 2026 08 16 at 15.56.24

ފަރެސްމާތޮޑާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި