ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ %63 މަސައްކަތް ނިމިއްޖެ

WhatsApp Image 2026 10 11 at 14.18.54
TTH_Ads
STO_Ads
Maldivian_Ads
Advertisement

ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތުގެ 77 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

HajjCop_ads
Advertisement

ޖުމްލަ 142.67 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 18 ހެކްޓަރުގެ ބިން ހިއްކުމާއި، 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެއިތުރުން، 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅާއި ނެރު ފުންކުރުމާއި، 1,416 މީޓަރުގެ ސަރަޙައްދެއްގައި 4 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން، 46 މީޓަރުގެ ސަރަޙައްދެއްގައި 3 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް ހިމެނެއެވެ. ހަމައެއާއެކު، 733 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 329 މީޓަރުގެ ގްރޮއިން ޖެހުންވެސް ކުރިއަށްދާނެއެވެ. އަދި 9,206 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން، 6 މީޓަރު ދިގު، 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 11 at 13.35.12

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

ނޭކުރެންދޫ ބަނދަރުގެ %59 ނިމިއްޖެ

އަމީނީ މަގު ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީ

B02813ab 7f78 4e65 b9f1 6f69bdb4ece0

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިމޭނެ : ސަޢުދީ