ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރިއާއި ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމަށް މެލޭޝިއާއެކު މަޝްވަރާކުރައްވާނެ!

Qw
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވިޔަފާރިއާއި ޑިޖިޓަލްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވުމަށް ނިންމަވައިފިއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމް މިރޭ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރަސްމީ ބައްދަލުވުންތަކާއި މަޝްވަރާތައް ކުރިއަށްދާނީ މާދަމާއެވެ. މެލޭޝިއާގެ ބޮޑުވަޒީރު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީވެސް މާދަމާގެ ވަގުތެއްގައެވެ.

ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަންނަވަނީ ބްރިކްސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަވައްޓެރި އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހުގައެވެ.

HajjCop_ads
Advertisement

މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަޢުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ޑިޖިޓަލް އިންޓަގްރޭޝަންގެ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދެ ގައުމުގެ ލީޑަރުން ޚިޔާލު ބަދަލުކުރައްވާނެއެވެ.

ދެ ގައުމުގެ ދެމެދުގައި އޮންނަ ދިގު މުއްދަތުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ގާބިލުކަން އިތުރުކުރުމާއި، ފަތުރުވެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތައް ހޯދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި ދިފާއީ ގުޅުމާއި އިސްލާމީ ކަންތައްތަކާ ގުޅޭ ދެ ފަހުމުނާމާއެއް ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ.

ދެ ގައުމުގެ ގުޅުމުގައި ވިޔަފާރިއަކީ އެންމެ މުހިންމު އެއް ދާއިރާއަށްވާއިރު، ފާއިތުވި 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި 762.78 މިލިއަން ރިންގިޓްގެ ވިޔަފާރިކޮށްފައިވެއެވެ. މީގެ ތެރެއިން މެލޭޝިއާއަށް 751.67 މިލިއަން ރިންގިޓްގެ ވިޔަފާރީގެ ފައިދާ ލިބިފައިވާއިރު، ދެކުނު އޭޝިއާ ސަރަހައްދުގައި ރާއްޖެއަކީ މެލޭޝިއާއާއެކު ހަވަނައަށް އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ގައުމެވެ.

ގިނަ އަދަދެއްގެ ދިވެހީން ތަޢުލީމު ހާސިލުކުރުމަށް ދިރިއުޅޭ މެލޭޝިއާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1968 ވަނަ އަހަރުގައެވެ. ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅަކީ ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު