ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަތުރުފުޅު ނިންމަވާލެެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރާއްޖެއަށް ކުރެެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފުރާވަޑައިގެންފި އެވެ.

ރޭ 8:20 އެހާކަންހާއިރު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. އޭގެ ފަހުން ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދެންްނެވުން އޮތީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާފައިވެ އެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ (އެމްއޯޔޫ) ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރުން އޮތެވެ. ދެ ލީޑަރުންގެ މެދުގައި ކުރިއަށް ގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުން ވެސް ވަނީ ނޫސްވެރިންނަށް ބަޔާނެއް ދެއްވާފަ އެވެ.

HajjCop_ads
Advertisement

އަދި އެމަނިކުފާނުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވެވި މެންދުރުގެ ފަރިއްކޮޅެއް އޮތެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު އަންވަރަށް އަލްވަދާޢު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މިއީ ނޮވެމްބަރު 2022 ގައި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

472701 6c241f63 4

އެމްއެމްއޭއިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ

472708 686af3d8 0

ޕެޓްރޯނަސްއާއެކު މަޝްވަރާކުރައްވާނެކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

472806 71be0662 c (1)

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފި

DSC

ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު 2 އެއްބަސްވުމެއް