ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރަނީ

DSC
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ޒަމާންވީ ގާތްގުޅުމާއި އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމް ދައްކުވައިދޭ ކަމެއް ކަމަށެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި މިހާރު ގުޅިގެން މަސައްކަތް ކުރާ ދާއިރާތައް އިތުރަށް ހަރުދަނާކުރުމާއެކު އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެއްވި އެއްބަސްވުންތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މީގެ ސަބަބުން އައު ފުރުސަތުތައް ފަހިވެ، ދެ ޤައުމުގެ ދޭދޭގުޅުން އިތުރަށް ކުރިއަރައިގެންދާނެ ކަމަށެވެ. އަދި މެލޭޝިއާއަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ޒަމާންވީ ބައިވެރިއެއް ކަމަށާއިި މަތީތަޢުލީމުގެ ދާއިރާއިން އެ ޤައުމުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.
DSC
ރަސްމީ މަޝްވަރާތަކުގައި ވިސާގެ ޚިދުމަތް ފުޅާކުރުމާއި ސްކޮލަރޝިޕް ފުރުސަތުތައް އިތުރުކުރުމާއި ގުޅިގެން ދިރާސާތައް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު މެލޭޝިއާގައި ދިރިއުޅޭ ދިިވެހިންނާއި ބޭސްފަރުވާއަށް އެ ޤައުމަށްދާ ދިވެހިންނަށް ދިމާވާ ގޮންޖެހުންތަކަށް ލުއި ހޯދައިދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިންވެސް މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން، ދެ ޤައުމުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގައި ހަލާލް ފަތުރުވެރިކަމާއި، ސަގާފީގޮތުންނާާއި ދީނީ ފަތުރުވެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

HajjCop_ads
Advertisement

އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ދެ ޤައުމުގެ ދެމެދުގައި ޓްރޭޑް އެގްރީމަންޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާ ސަރުކާރާއި އެ ޤައުމުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފައިވާ ކަމަށާއި ޚާއްސަކޮށް އިއާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އާއި އިމާރާތްކުރުމާއި އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާއި މެލޭޝިއާއިން އަބަދުވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކޮށް، އެ ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

809183947 1611321023980848 406873853677267315 n

ވަޤުފު ފުޅާކޮށް އިސްލާމީ ކަންކަން ކުރިއެރުވުމުގެ އައު ބާބެއް!

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

Garden

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

raees Muiz

ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސް