ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭއިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ

472701 6c241f63 4
STO_Ads
Maldivian_Ads
TTH_Ads
Advertisement

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރައީސް އޮފީހުގައި މިއަދު މީޑިއާއަށް ދެއްވި ބަޔާނެއްގައި، ރާއްޖޭގެ މަނިޓަރީ އޮތޯރިޓީން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާކަން ހާމަކުރައްވައިފިއެވެ.

ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއާ ގުޅޭގޮތުން މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ ބޭންކް ނެގާރާ މެލޭޝިއާއަށް އިޖާބަދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި މި ފެސިލިޓީ ދިނުމަށް ނިންމެވީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުން ވީ އެންމެ އަވަހަކަށް ނިންމުމަށްޓަކައި، ދެ ގައުމުގެ މަރުކަޒީ ބޭންކުންވެސް އެންމެ އަވަސް ދުވެއްޔެއްގައި އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މިއީ ހަމައެކަނި އިތުބާރާއި ރަހުމަތްތެރިކަމުގެ މައްޗަށް ބިނާކޮށް ކުރެވޭ ކަމެއް ކަމަށްވެސް އަންވަރު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން މިއަހަރު ނިމުމުގެ ކުރިން ކުއާލަލަމްޕޫރުގައި ބޭއްވުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ދިމާވާ ވިސާގެ ދަތިތައް ހައްލުކުރުމާއި، ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރާއްޖޭގައި ތެޔޮ ނުވަތަ މިނަރަލް ހޯދުމުގެ ދިރާސާތައް ކުރުމުގައި މެލޭޝިއާގެ ޕެޓްރޯނަސް ކުންފުނީގެ އެހީތެރިކަން ހޯދުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި ދެ ގައުމުގެ ހާރިޖީ ސިޔާސަތު އެއްގޮތްކަން ފާހަގަކުރައްވައި، ޣައްޒާގެ ރައްޔިތުންގެ ހައްގުގައްޔާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރައީސް މުޢިއްޒު ގެންގުޅުއްވާ ސްޓޭންޑަށް ބޮޑުވަޒީރު ވަނީ ތައުރީފުކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އިޤްތިޞާދީ ކުރިއެރުން އޮގަސްޓު މަހު ހުރީ 9.64 ބިލިޔަން ރުފިޔާގައި

MMA

އިންޑިއާގެ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްފި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 31.6 ބިލިއަނަށް

MMA

ސެޕްޓެމްބަރު ނިމުނުއިރު ރަސްމީ ރިޒާވް 547 މިލިއަން ޑޮލަރު