ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަޒީރުގެ ނަސޭހަތެއް ޚަތީބުންނަށް: އިމާމުވެ ނަމާދުކުރާއިރު އިސްކަންދޭންވާނީ މުޅި ޖަމާޢަތުގެ މަޞްލަހަތަށް!

Photo 6138780667685310789 y
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިމާމުވެ ނަމާދު ކުރާއިރު އިސްކަންދޭންޖެހޭނީ ޖަމާޢަތުގެ މަސްލަހަތަށްކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަޠީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވަނީ މުޖްތަމަޢުގައި އުޅޭއިރު ނަމޫނާ ބަޔަކަށް ޒުވާން ޚަޠީބުން ވުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނުގެ ކަންކަމުގައި ޢަމަލުތައް ބަހައްޓަންވީ ގޮތާއި ގުޅޭ އިރުޝާދު ދެއްވިއެވެ. ވަޒީރު ވިދާޅުވީ އިސްލާމީ އުއްމަތުގެ ބައެއްގެ ގޮތުގައި ދިވެހިން 9 ގަރުނު ދެމިއޮތީ ޖީލަކަށް ފަހު ޖީލެއް އިސްލާމީ ޝިޢާރު ފާޅުކުރުމުގައި ދެމިއޮތުމުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ޒުވާން ޚަޠީބުން ބިނާކުރުމުގެ މަސައްކަތަކީ ކުރިއަށް އޮތް 100 އަހަރަށް އިސްލާމީ ޝިޢާރު ފާޅުކުރާނެ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

Photo 6138780667685310793 y

HajjCop_ads
Advertisement

ވަޒީރު ޑރ. ޝަހީމްގެ ވާހަކަފުޅުގައި މިހާރު ޒުވާން ޚަޠީބުން ހާސިލްކޮށްފައިވާ ޚަޠީބުކަމުގެ ހުއްދައަކީ ބިންގަލެއް ކަމަށް ބަލައި ޢިލްމު އުނގެނުމުގައި ކުރިއަށް ދާންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ނިކުންނަ ޖީލަކީ މިއަދުގެ ޖީލަށް ވުރެ ހަރުދަނާވާނެ ޖީލެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

 އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއަދު މިސްކިތްތަކުގައި ޚުޠުބާ ކިޔުއްވާ ބޭފުޅުންނަށް ވުރެ ތިޔަ ކުދިންގެ މުސްތަޤުބަލު އުޖާލާ. ސަބަބަކީ ނިޒާމީ ތަޢުލީމުގެ ތެރެއިން މި ޒަމާނުގެ ތަޢުލީމު ލިބިގެން، އަދި އިސްލާމީ ޢިލްމު ލިބިގެން ޤުރުޢާން ރީތިކޮށް ކިޔަވަން ދަސްކޮށްގެން މިއަދު ހަޠީބުންނަށް ވެގެން ތިދަނީ. އެހެންވީމަ ކުރީގެ ޖީލަށް ވުރެ ތިޔަ ކުދިން ހަރުދަނާ ވާނެ ކަމަށް ޤަބޫލުކުރަނީ

އިސްލމީ ކަންތައްތަކާބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ޝަހީމްގެ ވާހަކަފުޅުގައި ޒުވާން ޚަޠީބުން ދީނީ ކަންކަމުގައި ރަޢުޔު ދިނުމުގެ ކުރިން ޢިލްމު އުނގެނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މީސްމީޑިއާގެ އެކި ވަސީލަތްތަކާއި މުޖްތަމަޢު ތެރެއިން އެކުދިންނަށް ކުރިމަތިވާ ހަރުކަށި ފިކުރުގެ ވިސްނުންތަކާއި ދުރުހެލިވުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ޢިލްމުވެރިންނަށް އިހްތިރާމު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ކޮންމެ މުސްލިމަކީ އިމާމަކަށް ވުމުގެ ޤާބިލްކަން ހުރި ފަރާތަކަށް ވާންޖެހޭކަން ފާހަގަކުރައްވަމުން އިމާމު ނަމާދު ކުރާއިރު ޖަމާޢަތުގެ މަސްލަހަތައް އިސްކަންދިނުން މުހިންމު ކަމަށް ވިދާޅުވިއެވެ. ވަޒީރު ޝަހީމް ވިދާޅުވީ ޤުރުޢާން ރީތިކޮށް ކިޔެވިނަމަވެސް ޖަމާޢަތް ބޮޑުވާ ވަރަކަށް ކުރުކޮށް ކިޔެވުމަކީ ސުންނަތުން ފެންނަން އޮތް ގޮތް ކަމަށެވެ. އަދި ނަމާދު ކުރުމުގައި ރަށެއްގައި ޢަމަލުކުރާ ގޮތަކީ ސީދާ ދީނާ ސުންނަތާއި ޚިލާފުވާ ކަމެއް ނޫން ނަމަ އެގޮތުގައި އިމާމު ނަމާދު ކުރުމުގައި ޢަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gojjtdiacaaulof

އަންނަ ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 14 މިސްކިތެއް ހުޅުވޭނެ: ޝަހީމް

dr shaheem

ސަޢުދީއަށް ދެމުންދާ ހަމަލާތަކުން ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: ޝަހީމް

Dr shaheem

ސިހުރު ހޯދަން މަހާނަ ކޮނުމަކީ ހަރާމްކަމެއް: ޝަހީމް

6177053559346631399

ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައި: ވަޒީރު