ބްރިޖަށް އުރުނު ދެ ބޯޓް ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ހިނގައްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މިރޭ ބުނީ މާލޭ ބަނދަރުގައި އޮތް ދެ ބޯޓު، ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ ބުރިޖުގެދަށުން އޮޔާގޮސް މާލެއަތޮޅުން ބޭރަށްދާތީ، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ވަނީ ސަލާމަތްކޮށްފައި ކަމަށެވެ.
އަދި ބުނީ ތެޔޮއުފުލާ މި ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓަށް ވުމާއިއެކު، މި ދެ ބޯޓުވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައި ކަމަށް ވެސް ބުންޏެވެ.











ކިޔުންތެރިންގެ ހިޔާލު