ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ ތިރީހަށް ވުރެ ގިނަ ގެއަށް ފެނުގެ އަސަރު ކުރުމާއި ގުޅިގެން އެ ފަރާތްތަކަށް އެހީތެރިކަން ދެމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
ދެކުނުގެ ހަތަރު އަތޮޅަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ މިއަދު ރީނދޫ ސަމާލު ނެރެފައިވާއިރު، މެންދުރުފަހު 11:45 އިން 1:00 އަށް އައްޑޫ ސިޓީ އަދި ފުވައްމުލަކަށް އޮރެންޖު ސަމާލުވެސް ނެރުނެވެ. މިއަދު ހެނދުނުއްސުރެ ވެހެމުންދާ ވާރޭގައި ދެކުނުގެ އެކި ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ބަލައި މޮނިޓާކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބަޔާންކުރެއެވެ.










ކިޔުންތެރިންގެ ހިޔާލު