ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްލުނުވެހުރި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން އޮފީސް ފޯރ ސިވިލް ރައިޓްސްއިން

Ishan seefromthesky Fcopy8szaoM unsplash 1656475272927 zkg9nw
TTH_Ads
STO_Ads
Maldivian_Ads
Advertisement

ބޯހިޔާވަހިކަމާ ގުޅުންހުރި ދުވަސްވެފައިވާ މައްސަލަތައް ހައްލުކުރުމަށް މީގެ ފަހުން ފޮނުވާނީ އޮފީސް ފޯރ ސިވިލް ރައިޓްސްއަށް ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބޯހިޔާވަހިކަމާއި ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ އެ ވުޒާރާއިން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި ޢަމަލުކުރުމަށް މީގެ ފަހުން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި އެވުޒާރާއިން ޢަމަލުކުރާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއްގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެކެވެ. އެގޮތުން ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށްދާއިރު، ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Fahi flats

2028 ވަނަ އަހަރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ: ރައީސް

776985181 1470305708464751 4024787492857494583 n

36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަންނަނީ ހިންގަމުން

Resorts

ސިނަމާލެ ބްރިޖަކީ އިންޖިނިއަރުންގެ ނުގުޑާ އަޒުމުގެ ހެއްކެއް: މުއްތަލިބް

muthalib

ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ހެލްޕު ޑެސްކާއި ކޯލު ސެންޓަރެއް ޤާއިމްކޮށްފި