ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލޭން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަ ނުވާނެ: މުއްޠަލިބު

Minister Muthalib
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރަސްމާލޭން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަވާނެކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ދޮގުކުރައްވައިފިއެވެ.

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ “އީގަލް ހިލްސް” އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމާއެކުސްމާލެއިން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަވާކަމަށާއި، އެތަނުން ބިން ބޭރު ބަޔަކަށް ވިއްކާލާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

އެކަމަށް ރައްދުދެއްވައި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރަސްމާލޭން ތަނެއް ގަންނަ ފަރާތުގެ މިލްކަކީ އެ ފަރާތަކުން ގަންނަ ތަނެއް ނުވަތަ ޕްރޮޕަޓީއެއް އެކަނި ކަމަށާއި، އެތަން ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެެއްކަމަށް ވިދާޅުވެފައެވެ. އެފަދަ ތަނެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާ ހާލަތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މުއްޠަލިބު ވިދާޅުވީ ސަރުކާރުން އެކަމަށް ހުއްދަ ދޭނަމަ ހުއްދަ ދޭނީ އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހުގައިކަމަށެވެ. އެހެން ކަމުން ރަސްމާލޭން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފުވާހަކައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ވިއްކާ، ބަދަލުކޮށް، ވާރުތާ މުދާތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހާއާއި ޢާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއްވެސް ނޫންކަމަށާއި، ވިސާ ދިނުމަކީ އިމިގްރޭޝަންގެ ޤާނޫންގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެއިދާރާއިން ކުރާކަމެެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވިސާ ދޫކުރުމާއި، ކެންސަލްކުރުމުގެ ބާރު އޮންނާނީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އެއިދާރާއަށެވެ.

ވަޒީރު ޑރ.މުއްޠަލިބު ވިދާޅުވީ، ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތެއްކަމަށާއި ދިވެހި ދައުލަތް ތަނަވަސްވެ ތަރައްޤީވަމުން ދިއުމަކީ އިސްތިޤުލާލު ވަރުގަދަވެ، އެހެން ޤައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިއްމުކަމެއްކަމަށެވެ. ދިވެހި ދައުލަތް މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބޭނުންވަނީ ޖީލުތަކަށް ދެމިގެންދާ ތަރައްޤީގެ މިފަދަ މަޝްރޫއުތަކެއްކަމަށާއި، ކުރު މުއްދަތުގެ މަންފާއެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރަސްމާލޭގައި ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިޔަން ޑޮލަރަށް އަރާނެއެވެ. މިއީ ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓްމެންޓެވެ. މި މަޝްރޫޢުގެ ތެރޭގައި ޖުމްލަ 30 ބިލިޔަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ރާއްޖެއަށް ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިޔަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިޔަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

77

ރަސްމާލެ މަޝްރޫއުން އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ފިޔަވަޅު އަޅަނީ

supreme-court

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

FotoJet

ޔާމީނަށް ޢަބްދުއްރަޙީމްގެ ހޫނު ރައްދެއް: ރަސްމާލެ މަޝްރޫޢު ލަސްތަކެއް ނުވެ ފެށޭނެ!

449662 3 53fd565af92887910123f3d7abaa218cc8c028bc

ރަސްމާލެ މަޝްރޫޢުން ދިވެހިންނަށް ވަޒީފާގެ އިތުރުން ވިޔަފާރީގެ ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ