ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީނު މައްސަލައިގައި ހުޅަނގުން ތެދުވުމުން ސަރުކާރުން މަރުހަބާ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ދެ ދައުލަތުގެ ހައްލާ ގުޅޭގޮތުން އިނގިރޭސިވިލާތް، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފަރަންސޭސިވިލާތް، އައިސްލޭންޑް، އަޔަލޭންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން އިން ނެރުނު ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަތުމާއި، ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެލުމަށް ހިންގާ އަމަލުތަކާ ދެކޮޅަށް އެ ގައުމުތަކުގެ ގުޅިފައިވާ ބަޔާނުގައި ފާޅުކޮށްފައިވާ އެއްބައިވަންތަ އަޒުމު ދިވެހިރާއްޖެއިން ޚާއްސަ ގޮތެއްގައި ފާހަގަކުރެއެވެ.

މި ކުރިއެރުމަކީ އެ ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަލުން އުފެދިފައިވާ ބާރެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި، ސަލާމަތާއި، އަދި ކަރާމާތް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމާމެދު ބައިނަލްއަގުވާމީ މުޖުތަމައުގެ އިއްތިފާގު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށް ދިވެހި ސަރުކާރުން ފާހަގަކުރެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް އިތުރުކުރަމުންދާ ދިއުމާ މުޅިން ދެކޮޅުކަން ދިވެހިރާއްޖެއިން ވަނީ ތަކުރާރުކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ހައްގާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި ދެމެހެއްޓެނިވި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހިމެނޭ ގޮތަށް، އެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ދިވެހިރާއްޖެއިން ދޭ އެއްބާރުލުންމަތީ ދެމިއޮންނާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ދެ ދައުލަތުގެ ހައްލު ހިމާޔަތްކުރުމަށް ހުޅަނގުގެ ގައުމުތަކުން ގޮވާލުން

ހުޅަނގުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ހުޅަނގު އައްސޭރީގައި އިސްރާއީލު ސަރުކާރުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ދެ ދައުލަތުގެ ހައްލެއް ހޯދުމުގެ ފުރުސަތު ގެއްލެމުންދާ ކަމަށެވެ. ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމާއި، އާބާދީތައް ފުޅާކުރުމުގެ އަމަލުތައް މީގެ ކުރިން ނުފެންނަ މިންވަރަކަށް އިތުރުވެފައިވާއިރު، އޭގެ ތެރޭގައި އީ1 ސެޓްލްމަންޓް މަޝްރޫއަށް ބީލަން ހުށަހެޅުމަށް ނިންމި ބަލައިނުގަނެވޭ ނިންމުން ހިމެނޭތީ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމް، ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ އިތުރު ގެއްލުންތައް ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ގާއިމުކޮށްފައިވާ އާބާދީތަކުގެ މުދާ ވިޔަފާރިކުރުން މަނާކުރުމަށް ގައުމީ ފެންވަރުގައި ފިޔަވަޅުތައް އެޅުމަށް އަދި/ނުވަތަ ޔޫރަޕިއަން ޔޫނިއަންގެ ފިޔަވަޅުތަކަށް ތާއީދުކުރުމަށް ނުވަތަ އެ ގައުމުތަކުގެ އިޖުރާއާތުތަކާ އެއްގޮތަށް ފިޔަވަޅުތައް އެޅުމާމެދު ވިސްނަމުންދާކަން އެ ގައުމުތަކުން ވަނީ ހާމަކޮށްފައެވެ. މިގޮތުން، އަޔަލޭންޑް، ސްޕެއިން، ނެދަލޭންޑްސް، ނޯވޭ އަދި ބެލްޖިއަމް އިން މިހާރުވެސް އަޅާފައިވާ ފިޔަވަޅުތަކަށް އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ކެނެޑާއިން ވަނީ މަރުޙަބާ ކިޔާފައެވެ.

އެ ގައުމުތަކުގެ ބަޔާނުގައި ބުނެފައިވަނީ “އަޅުގަނޑުމެން އެންމެން އެކުގައި މިތިބީ ސާބިތުކަމާއެކުގައެވެ: ދެ ދައުލަތުގެ ހައްލު ހިމާޔަތްކުރަންޖެހެއެވެ. އަދި މީގެ އެއް އަހަރު ކުރިން ފާސްކުރި ނިއުޔޯކް ޑެކްލަރޭޝަންގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ހޯދުމަށް އަޅުގަނޑުމެން ފިޔަވަޅު އަޅާނަމެވެ.”

މީގެ އިތުރުން ފަލަސްތީނުގެ ބިންތައް ފޭރިގަތުމާ ދެކޮޅުހަދައި، އިސްރާއީލުގެ ސަރުކާރުން ޔަހޫދީ އާބާދީތައް ފުޅާކުރުމާއި މަދަނީ އިދާރީ ބާރުތައް ފުޅާކުރުން ވަގުތުން ހުއްޓާލުމަށާއި، ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކަށް ޖަވާބުދާރީކުރުވައި، އަދި އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ ސަލާމަތީ މަސްލަހަތުތައް ބަލައިގަންނަ ހިނދު، ހޮލޮކޯސްޓަށް ފަހު ޔަހޫދީންނާ ދެކޮޅަށް ހިންގި އެންމެ ނުރައްކާތެރި ގަތުލުއާންމު ކަމުގައިވާ، އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ޓެރަރިސްޓް ހަމަލާ އެ ބަޔާނުގައި އަލުން ކުށްވެރިކޮށްފައިވެއެވެ. އަދި ކޮންމެ ތަނެއްގައި ޔަހޫދީންނާ ދެކޮޅުވެރިކަން (އެންޓި-ސެމިޓިޒަމް) ފެންމަތިވި ނަމަވެސް، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސާބިތުކަންމަތީ ދެމިތިބޭނެކަން ހާމަކޮށްފައިވެއެވެ. މީގެއިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުގެ ކަމާބެހޭ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސުލްހައާއި އަމާންކަމާއެކު ދެ ގައުމު އެކުގައި އުޅުމުގެ ފުރުސަތު އިސްރާއީލަށާއި މިނިވަން، ޑިމޮކްރެޓިކް އަދި ދެމެހެއްޓެނިވި ފަލަސްތީނުގެ ދައުލަތަކަށް ލިއްބައިދޭ ދެ ދައުލަތުގެ ހައްލަށް ފުރިހަމައަށް ތާއީދުކުރާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެއިން ފަލަސްޠީނަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ: އިރުތިޝާމް

Foreign ministry

ސުލްހައިގެ މަގުޗާޓަށް އިސްރާއީލުން ދެކޮޅު ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

HNhdQdoagAEDTXB

ފަލަސްތީނުގެ މުގައްދަސް ބިންތައް ހިމާޔަތްކުރަން ރާއްޖެއިން ގޮވާލައިފި