ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުލްހައިގެ މަގުޗާޓަށް އިސްރާއީލުން ދެކޮޅު ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

Foreign ministry
Maldivian_Ads
TTH_Ads
STO_Ads
Advertisement

ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅުއްވި ޕްލޭން ތަންފީޒުކުރުމުގެ މަގުޗާޓަށް އިސްރާއީލުން ދެކޮޅު ހެދުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ 2803 ވަނަ ގަރާރުން ތާއީދުކޮށްފައިވާ މި މަގުޗާޓަށް އިސްރާއީލުން އިންކާރުކުރުމުގެ އިތުރުން، މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ދެކޮޅަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތު ވެސް ރާއްޖެއިން ވަނީ ބަލައިނުގަންނަ ކަމަށް ބުނެފައެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ މި ނިންމުމަކީ ސުލްހައިގެ ޕްލޭންގެ މަގުސަދުތަކާ ހިލާފު އަދި މައްސަލަ ހައްލުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ހުރަހެކެވެ. ފަލަސްތީނުން މި މަގުޗާޓު ގަބޫލުކުރުމާ ހަމައަށް ގެންދިއުމުގައި ސައުދީ އަރަބިއްޔާއާއި، ގަތަރާއި، މިސްރާއި، ތުރުކީވިލާތުގެ އިތުރުން ބައިނަލްއަގުވާމީ އެހެނިހެން ފަރާތްތަކުން ކުރި މުހިންމު ޑިޕްލޮމެޓިކް މަސައްކަތްތައް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ގާޒާގައި އުފެދިފައިވާ ނުރައްކާތެރި އިންސާނީ ހާލަތު ލުއިކުރުމަށާއި، ސަލާމަތާއި ހަމަޖެހުން އަލުން ގާއިމުކުރުމަށާއި، އާރާސްތުކުރުމުގެ މަސައްކަތްތައް ފަހިކުރުމަށްޓަކައި ލަސްނުކޮށް މި ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށް ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ބޭނުންވާ މާހައުލު އުފެއްދުމުގެ މުހިންމުކަން ވެސް ސަރުކާރުން ފާހަގަކުރިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި އެ މީހުންގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާއީދު ބަދަލެއް ނައިސް ދެމިއޮންނާނެކަން ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HNhdQdoagAEDTXB

ފަލަސްތީނުގެ މުގައްދަސް ބިންތައް ހިމާޔަތްކުރަން ރާއްޖެއިން ގޮވާލައިފި

ޒަކާތުން 500،000 ރުފިޔާ ގައްޒާއަށް ހަދިޔާކޮށްފި

HMKRTTlXcAAXC9M

ރާއްޖެއިން ފަލަސްޠީނަށް 50،000 ޑޮލަރުގެ އެހީއެއް

އަލްއަޤްޞާ މިސްކިތަށް ވަދެގަތް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި