ޙޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސައޫދީ އަރަބިއްޔާގެ އަބްހާ، ހަމީސް މުޝައިތު، ޖީޒާން އަދި ނަޖްރާންގައި ހުރި އާންމުންގެ ތަންތަނަށާއި އިގްތިސާދީ ވަސީލަތްތަކަށް އަމާޒުކޮށް، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް މައުސޫމް އާންމުންނަކަށް އަނިޔާވާ ގޮތަށް ހޫޘީ ޖަމާޢަތުން ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މި ޙަމަލާތަކަކީ ސައޫދީ ޢަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް ފާޅުކަން ބޮޑު ގޮތުގައި އަރައިގަތުމުގެ އަމަލެއް ކަމަށާއި، ސަރަޙައްދީ ސުލްހަމަސަލަސްކަމާއި، ސަލާމަތާއި، ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައޫދީ ޢަރަބިއްޔާގެ ސަރުކާރާއި އަހުވަންތަ ރައްޔިތުންނާ އެކުގައި ކަމަށާއި، އެޤައުމުގެ ސިޔާދަތާއި، ސަލާމަތާއި، އަދި އިސްތިޤްލާލު ދިފާއުކުރުމަށް އަޅާ އެންމެހައި ފިޔަވަޅުތަކަށް ތާއީދުކުރާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު