ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާނުގެ ހާދިސާގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އެންގުމުން ރައީސް ޔާމީން ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެއްޖެ

Saeed
STO_Ads
TTH_Ads
Maldivian_Ads
Advertisement

އަމީނީމަގުގައި ހުރި ސަރުކާރުގެ ވުޒާރާތަކެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ތަހުގީގަށް ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގި ޗިޓާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޑިސެމްބަރު މަހު ހިނގި މި އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުންނެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ހެއްކެއް މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް، ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ، އެ މައުލޫމާތަކީ މައްސަލައިގެ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށް ވާތީ، އެކަން ސާފުކުރުމަށް ފުލުހަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރަން މަސައްކަތް ކުރި ކަމަށް ފުލުހުން ހާމަކުރެއެވެ.

HajjCop_ads
Advertisement

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، ފުލުހުން ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެއްސަށް ގޮސް އެމަނިކުފާނާ ބައްދަލުކޮށް ޗިޓު ހަވާލުކުރުމަށް މަސައްކަތް ކުރުމުން، އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. އަދި އޭގެ ބަދަލުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްރައްވައި ފުލުހުންނަށް ލިޔުމުން ޖަވާބެއް ދެއްވާފައިވާ ކަމަށެވެ. އެ ލިޔުމުގައި، މި މައްސަލައާ ގުޅޭގޮތުން އެމަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިގެންފައި ނުވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި، ތަހުގީގުތަކުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ މައުލޫމާތު އާންމު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އޭގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެންމެހައި ފަރާތްތަކަށް ފުލުހުންގެ ހިދުމަތުން ވަނީ ގޮވާލާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

GLbrKJ bsAAGYy 1024x682

އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އާރަށު މައްސަލައިގެ ޝަރީޢަތް ފަށައިފި

Big yaxb9elpng9gjuvjv0mpefhnr

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި

Big yaxb9elpng9gjuvjv0mpefhnr

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހިންގާ ދެ މައްސަލައެއްގެ އަޑުއެހުންތައް ތާވަލުކޮށްފި

Sstv FORM FOR EC

ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަންނަ މަހު ހުކުމް ކުރަނީ