ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

MPL
TTH_Ads
Maldivian_Ads
STO_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން 2025 ވަނަ އަހަރު ކުރި ހަރަދުތައް ކުޑަކޮށް އެ ކުންފުނީގެ ސާފު ފައިދާ 115 އިންސައްތައިން އިތުރުކޮށްފައިވާކަަން އެ ކުންފުނީގެ މާލީ އޮޑިޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކޮށްފައިވާ އެމްޕީއެލްގެ މާލީ އޮޑިޓުގައިވާ ގޮތުން 2025 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 949.93 މިލިއަން ރުފިޔާއެވެ. އެއީ 2024 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 860.55 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވީ މުދާ ބޭލުމާއި ބަރާކުރުމާއި އުޅަނދުފަހަރުގެ ޕައިލަޓޭޖުން ލިބުނު ފައިސާ އިތުރުވުމުގެ ސަބަބުންނެވެ.

އާމްދަނީ އިތުރުވެފައިވާއިރު އެ ކުންފުނިންވަނީ ވަރަށް ބޮޑު ތަނުން ހަރަދުތައް ކުޑަކޮށްފައެވެ. ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ސަބަބުން ހިންގުމުގެ ހުރިހާ ހަރަދެއް އުނިކުރުމަށްފަހު 2025 ވަނަ އަހަރު ކުންފުންޏަށް ލިބުނު އާމްދަނީ 273 އިންސައްތަ އިތުރުވިއެވެ.

HajjCop_ads
Advertisement

2024 ވަަނަ އަހަރު ހަރަދުތައް އުނިކުރުމަށްފަަހު އެ ކުންފުންޏަށް ލިބުނު އާމްދަނީއަކީ 20.08 މިލިއަން ރުފިޔާއެވެ. 2025 ގައި އެ އަދަދު 74.7 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ.

ކުންފުނީގެ ހަރަދުތައް ކުޑަވުމުގެ އެއް ސަބަބެއްގެ ގޮތުގައި އޮޑިޓު ރިޕޯޓުން ފާހަގަވީ މުވައްޒަފުންނަށް ކުރި ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވުމެވެ. އެގޮތުން 2024 ގައި މުވައްޒަފުންނަށް 675.8 މިލިއަން ރުފިޔާ ހަރަދުވިއިރު 2024 ގައި އެ އަދަދުވަނީ 645.8 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ. އެއީ އެ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަވުމުގެ މައިގަނޑު ސަބަބެވެ.

ސާފު ފައިދާއަށް ބަލާއިރު 2024 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 27.8 މިލިއަން ރުފިޔާއެވެ. އަދި 2025 ގައި އެ އަދަދު 115 އިންސައްތައިން އިތުރުވެ 59.9 މިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓު ރިޕޯޓުން އެނގެއެވެ.

ކުންފުންޏަށް އެ އަހަރު ލިބުނު އާމްދަނީގެ ތެރެއިން ފައިދާގެ ގޮތުގައި ބާއްވަން ލިބުނު ނިސްބަތް 2024 ވަނަ އަހަރު ހުރީ 3.2 އިންސައްތައިގައެވެ. އެ ނިސްބަތް 2025 ގައި 6.3 އިންސައްތައަށް އިތުރުވެފައިވެއެވެ.

ކުންފުނީގެ ސާފު ފައިދާ އިތުރުވުމާއެކު ދައުލަތަށް ޓެކުހުގެ ގޮތުގައި އެމްޕީއެލްއިން ދައްކަންޖެހޭ ފައިސާވެސް އިތުރުވިއެވެ. 2024 ގައި އެ ކުންފުނިން ޓެކުހުގެ ގޮތުގައި ދެއްކީ 14.4 މިލިއަންް ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 17.2 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ އަހަރުން އަހަަރަށް 19.2 އިންސައްތައިގެ އިތުރުވުމެކެވެ.

ސަރުކާރުން އަންނަނީ ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމާއެކު ހިންގުން ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ކުންފުނިތަކުގެ އިސްރާފު ކުޑަކޮށް، މަސައްކަތާއި ދޭ ހިދުމަތާ އެކަށޭނެ މިންވަރަށް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ކުންފުނިތަކުގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ

ވިޔަފާރި ބަނދަރު ވެގެންދާނީ އެންމެ ޒަމާނީ، ލޮޖިސްޓިކް އަދި މެރިޓައިމް ޚިދުމަތްތަކަށް ފަހި ބަނދަރަކަށް

minister saeed

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ދިވެހީންގެ 100 ޕަސަންޓު މިލްކެއް، ދޮގު ވާހަކަ ނުފަތުރާ!

MPL

ތިލަފުށި ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ