ވިލާ ނޯޓިކާގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީއާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ސަރުކާރު ހިއްސާވާ އެސްއޯއީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އިގްތިސޯދުގައި އެމްޕީއެލްއިން އަދާކުރަމުން އަންނަ މުހިންމު ދައުރަށް އަޅިއަޅުއްވާފައެވެ. އަދި ބަނދަރުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޕީއެލްގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެމްޕީއެލްގެ މުވައްޒަފުންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރު، ކެޕްޓަން ހުސައިން ޝަފީގު ވިދާޅުވީ ބަނދަރުގެ އޮޕަރޭޓްކުރުމުގެ އިތުރުން އެމްޕީއެލްއަކީ މެރިޓައިމްގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަމާއި ގަވަނަންސް އަދި މީހުން ބިނާކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެގޮތުން މީހުން ބިނާކުރުމަށް އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރު (ޕީޓީސީ) އިން ކުރަމުން އަންނަ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ދުނިޔޭގެ ފެންވަރުގެ އޮޕަރޭޝަނަލް ސްޓޭންޑާޑް ގާއިމްކުރެވޭނީ މީހުން ބިނާކުރުމަށް އިންވެސްޓްކޮށްގެން. މި ފުރުސަތުގައި އަޅުގަނޑު ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުން ޕޯޓް ޓްރެއިނިން ސެންޓާ އިން ކުރަމުންދާ މަސައްކަތްތައް،” ޝަފީގް ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު، އާ ބަނދަރުގައި ޒަމާނީ ވަސީލަތްތައް ގާއިމްކުރުމުގެ މުހިންމުކަން ޝަފީގް ފާހަގަކުރެއްވިއެވެ.
“އާ ބަނދަރުގައި މި ގާއިމްކުރާ އުމްރާނީ ވަސީލަތްތަކާއި އިކުއިޕްމަންޓްތަކުން އެކަނި، މި މަޝްރޫއު ކާމިޔާބެއްނުވާނެ. މި މަޝްރޫއު ކާމިޔާބުވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ “މޯލްޑިވްސް 2.0″ގެ ތަސައްވުރާ އެއްގޮތަށް، ޒަމާނީ އޭއައި އަދި ސްމާޓް ޓެކްނޮލޮޖީތައް މި ބަނދަރުގެ ހިދުމަތުގައި ބޭނުންކޮށްގެން،” ޝަފީގް
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެކެވެ. މި އަހަރުގެ މެރިޓައިމް ކޮންފަރެންސްގައި ޖުމްލަ 200 ފަރާތަކުން ބައިވެރިވެއެވެ.
މިއަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ތީމަކީ “Securing our seas, safeguarding our future” އެވެ. އެގޮތުން، މި ތީމާ ގުޅޭ މުހިންމު ފަސް ދާއިރާއަކަށް މި ކޮންފަރެންސްގައި މަޝްވަރާކޮށް، ހިޔާލު ބަދަލުކުރާނެއެވެ.
މި ކޮންފަރެންސްގެ ސްޕީކަރުންގެ ގޮތުގައި މެރިޓައިމްގެ ދާއިރާގެ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ތަޖުރިބާކާރުން ބައިވެރިވެއެވެ.
ކޮންފަރެންސްގައި ސްޕީކަރުން
ކެޕްޓަން އަހުމަދު ޒުބައިރު – ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ، މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ
ބްރިގޭޑިއާ ޖެނަރަލް ޑރ. ހުސައިން އިބްރާހީމް – ޑިރެކްޓާ ޖެނަރަލް، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް
ޑރ. ކެޕްޓަން އިސަތު ގުޒައި – ރިޓަޔާޑް މެރިޓައިމް އެކްސްޕާޓް، މިނިސްޓްރީ އޮފް ޓްރާންސްޕޮޓޭޝަން އޮފް ޓާކީ
ޕްރޮފެސަރު ދަތޯ ސްރީ ޑރ. ކެޕްޓަން ރަޒާލީ ޔާކޫބް – ފައުންޑާ އެންޑް އެގްޒެކްޓިވް ޗެއާމަން، ނެދަލޭންޑްސް މެރިޓައިމް ޔުނިވަސިޓީ ކޮލެޖު
ޑރ. އަތާއުﷲ ރަޝީދު – ހެޑް އޮފް ދަ ސެންޓާ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް، މޯލްޑިވްސް ނެޝަނަލް ޔުނިވަަސިޓީ
ޑރ. އަޒްމަތު ޖަލީލް – މެންބާ، ގަވަނިން ބޯޑް އޮފް ދަ އިންޓަނޭޝަނަލް އޯޝަން އިންސްޓިޓިއުޓް، މޯލްޓާ | އޮނަރަރީ ލެކްޗަރާ، ކާޑިފް ޔުނިވަސިޓީ، ޔޫކޭ | ޑިރެކްޓާ، އައިއޯއައި އޯޝަން އެކަޑެމީ، ދިވެހިރާއްޖެ
ޝަރިޝެން ބިން ރެޒުއަން ޕަޕިންޑާރް – ޖެނެރަލް މެނޭޖާ އޮފް ހެލްތު، ސޭފްޓީ އެންޑް އެންވަޔަރަންމަންޓް އޮފް ޕޯޓް ޓަންޖުން ޕެލެޕަސް (ޕީޓީޕީ)، މެލޭޝިއާ
ޑރ. މާކް އައްސަފް – ޗީފް ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސެކްޝަން، ޓްރެއިން ފޯ ޓްރޭޑް ޓްރޭޑް ލޮޖިސްޓިކްސް ބްރާންޗް، ޑިވިސަން އޮން ޓެކްނޮލޮޖީ އެންޑް ލޮޖިސްޓިކްސް ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް)
ޑރ. ޗޮންގ ޖޫ ޗައެ – އެސޯސިއޭޓް ޕްރޮފެސަރު ވޯލްޑް މެރިޓައިމް ޔުނިވަސިޓީ
އައިޝަތު ޝިމްލާ – ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު – މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ހުސައިން ނަޒީރު – ޑިރެކްޓާ އޮފް މެރިޓައިމް އެޑްމިނިސްޓްރޭޝަން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
ކެޕްޓަން މުހައްމަދު ޒައިދު – ހެޑް އޮފް ސެންޓާ، ސެންޓާ ފޯ މެރިޓައިމް ސްޓާޒީޒް، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ
ކެޕްޓަން އަހުމަދު މައުމޫން – ޗެއާމަން އޮފް ސެން ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، މާސްޓާ މެރިނާ
ކާނަލް އަހުމަދު މުޖުތަބާ މުހައްމަދު – ކޯސްޓްގާޑް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް
މި ކޮންފަރެންސްގެ ސްޕޮންސަރުން
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް – ހޯސްޓިން ޕާޓްނަރު
ވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) – ޑިޖިޓަލް ޕާޓްނަރު
އެލައިޑް އިންޝުއަރެންސް – އިންޝުއަރެންސް އެންޑް ރިސްކް ޕާޓްނަރު
ޕަބްލިކް ސާވިސް މީޑިއާ – ބްރޯޑްކާސްޓިން ޕާޓްނަރު
މޯލްޑިވްސް ސްޓޭޓް ޝިޕިން – ލޮޖިސްޓިކްސް ޕާޓްނަރު
މޯލްޑިވްސް މެރިޓައިމް ޖާނަލް – މެގަޒިން ޕާޓްނަރު
އެލިއާ އިންވެސްޓްމަންޓްސް – ބްރޯންޒް ޕާޓްނަރު
ސެންޗޫރިއަން – ބްރޯންޒް ޕާޓްނަރު
ސަސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް – ބްރޯންޒް ޕާޓްނަރު
ޔޫރޯ މާކެޓިން ޕްރައިވެޓް ލިމިޓެޑް – ބްރޯންޒް ޕާޓްނަރު
މިއަހަރު މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އިކޮނޮމިކް މިނިސްޓްރީ އާއި އެމްއެންޑީއެފާއި ފުލުހާއި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާސް (އައިއޭޕީއެޗް)ގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އެވެ.










ކިޔުންތެރިންގެ ހިޔާލު