ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ އިންޤިލާބީ ބަދަލެއް: ޝަފީޤް

MPL CEO
TTH_Ads
STO_Ads
Maldivian_Ads
Advertisement

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ އިންޤިލާބީ ބަދަލެއް ކަމަށާއި، މި ބަދަލާއެކު ޚިދުމަތުގެ ނިޒާމު ބަދަލުވެގެންދާނީ އެންމެ ކުރިއަރާފައިވާ ޒަމާނީ ނިޒާމަކަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ޙަސަން ޝަފީޤް ވިދާޅުވެއްޖެއެވެ.

ޝަފީޤް މިހެން ވިދާޅުވީ ދެވަނަ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

“މި ތަރައްޤީއާއެކު، ބަދަލުވެގެންދާނީ ޒަމާނީ ޚިދުމަތުގެ ނިޒާމަކަށް. ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރުވާއިރު، ޚިދުމަތުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެ. ޚާއްސަކޮށް ސަރުކާރުގެ 2.0 ނިޒާމާއެކު، އޭ.އައި އާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޚިދުމަތްތަކުގެ ބެލެހެއްޓުން ހަރުދަނާވެ ޚިދުމަތްތައް އަވަސްވާނެ.” ޝަފީޤް

HajjCop_ads
Advertisement

11.30.12
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ- އެމްޕީއެލް

މި އަހަރުގެ ކޮންފަރެންސްގައި ސަރަޙައްދީ ޤައުމުތަކުގައި މި ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ފަންނީ ތަޖުރިބާކާރުން ބައިވެރިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީޤް ވިދާޅުވީ، ރާއްޖެއަކީ 90 އިންސައްތަ ކަނޑު އޮތް ޤައުމަކަށްވުމާއެކު، މެރިޓައިމް ދާއިރާއަކީ ރާއްޖެއަށް ވަރަށް މުހިންމު ސިނާޢަތެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ދޭ ޚިދުމަތުގެ އިތުރުން، މި ދާއިރާ ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ރާއްޖެފަދަ ޤައުމަކުން އިސްނަގަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިފަދަ ބޮޑު ސިނާޢަތެއް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސަކީ ހުނަރާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ކަމަށް ޝަފީޤް ވިދާޅުވިއެވެ. އެހެންކަމުން އެމްޕީއެލްއިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުން ކަމަށާއި، ކުންފުނީގެ ޢަމާޒަކީ ކޮންމެ މުވައްޒަފަކީ ވެސް އެމީހަކު މަސައްކަތްކުރާ ދާއިރާއަކުން އެކަށީގެންވާ ހުނަރާއި ތަމްރީނު ލިބިފައިވާ މީހަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ޝަފީޤް ވިދާޅުވީ، މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ އެއް ޤައުމު އަނެއް ޤައުމާ ގުޅުވައިދީ، ތަޖުރިބާތައް ޙިއްސާކުރުމަށް ލިބޭ ވަރަށް މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ދާއިރާ ހަރުދަނާކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެދެވޭ ޙައްލުތަކެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ބްރޮންޒް ސްޕޮންސަރަކަށް ސާސޭ ކޮންސްޓްރަކްޝަން ހަމަޖައްސައިފި

ތިލަފުށީގައި ޕޯޓް އޮޕަރޭޝަން ނޮވެމްބަރަށް ނިންމަން އަމާޒު ހިފާފައި

00b5a0ab 9f40 46e5 8f1a d26d03802b35 (1)

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ: ރައީސް

minister saeed

ރާއްޖޭގެ އިޤުތިޞާދާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢަކީ މާލޭ ވިޔަފާރި ބަނދަރު: ސައީދު