ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފާއިތުވި ފަސް ދުވަހުގެ ތެރޭ މާލޭ ވިޔަފާރި ބަނދަރުން 14،790 ބިސް ކޭސް ކްލިއާކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ހިނަގަމުންދާ އޯގަސްޓުމަހުގެ 22 ވަނަ ދުވަހުން 26 ވަނަ ދުވަހަށް ފާއިތުވި ފަސް ދުވަހުގެ ތެރޭ މާލޭ ވިޔަފާރި ބަނދަރުން ޖުމްލަ 14،790 ބިސް ކޭސް ކްލިއާކޮށްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

އެމްޕީއެލްއިން އެމްއެމްޓީވީއާ ހިއްސާކުރި ހިސާބުތަކަށް ބަލާއިރު އެ ފަސް ދުވަހުގެ ތެރޭގައި ޖުމްލަ 1،695.328 ފްރައިޓް ޓަނުގެ ޕެރިޝަބަލް މުދާ ކްލިއާކުރިއެވެ. އޭގެ ތެރޭގައި 497.523 ފްރައިޓް ޓަނުގެ ބިސް ހިމެނެއެވެ. އެއީ އެ މުއްދަތުގައި ކްލިއާކުރި ޕެރިޝަބަލް މުދަލުގެ 29.3 އިންސައްތައެވެ.

ފާއިތުވި ފަސް ދުވަހުގެ ތެރޭ 15،000 އާ ގާތްކުރާ އަދަދެއްގެ ބިސް ކޭސް އެމްޕީއެލްއިން ކްލިއާކުރިކަން އެ ކުންފުނިން ހާމަކުރިއިރު ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށާއި، ބިސް ވިއްކަމުންދަނީ ކޮންޓުރޯލުކޮށްގެން ނޫންކަމަށް އެސްޓީއޯއިން މިއަދު ބުނެފައިވެއެވެ.

HajjCop_ads
Advertisement

އެސްޓީއޯއިން މިފަދައިން ބުނެފައިވަނީ ބާޒާރުގައި ބިސް ލިބުން ދަތިވެފައިވާކަމަށާއި، އެސްޓީއޯއިން ބިސް ވިއްކަމުންދަނީ ކޮންޓްރޯލުކޮށްގެންކަމަށް ބުނެ ބައެއް މީހުން މީސްމީޑިޔާގައި ފަތުރަމުންދާ ހަބަރާ ގުޅިގެންނެވެ.

އެސްޓީއޯއިން އިތުރަށް ބުނީ މިހާރުވެސް ބިހުގެ ޝިޕްމެންޓުތަކެއް ރާއްޖެއަށް އައުމުގެ މަގުމަތީ އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQZtIk3a8AAhIC2

އުލިގަމުގައި ޔޮޓު މެރީނާ ތަރައްޤީކުރަން ބިން އެމްޕީއެލްއާ ޙަވާލުކޮށްފި

mpl

އިމްޕޯޓަށް ކުރި ހަރަދު 28.8 އިންސައްތަ މަތިވެއްޖެ

MPL

އެމްޕީއެލުން މިދިޔަ ހަފުތާގައި އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާކުރި

HPnJ83IbcAA8EFG

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭގޮތުން ލޮރީ ޑްރައިވަރުންނާއެކު މަޝްވަރާކޮށްފި