ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ އިޤުތިޞާދާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢަކީ މާލޭ ވިޔަފާރި ބަނދަރު: ސައީދު

minister saeed
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢަކީ މާލޭ ވިޔަފާރި ބަނދަރުގެ ހާލަތު ބަދަލުކޮށް ޒަމާނީކުރުން ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މައި ބަނދަރު ޒަމާނީ ކުރުމުގެ ޚިޔާލު ކުރާތާ އެތައް ޒަމާނެއް ވެފައިވީ ނަމަވެސް ބަނދަރު އޮތީ ކުރިންވެސް އޮތް ގޮތަށް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ހިކުމަތްތެރިކަމާއެކު މި މައްސަލައަށް ޢަމަލީ ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށެވެ.

މާލޭ ބަނދަރުގެ މަސައްކަތްތަކުގެ ފަހުގެ އަދާހަމަ ހިއްސާކުރަމުން އެމްޕީއެލްއިން ބުނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 100 މީޓަރުގެ ކީވޯލްގެ މަސައްކަތް ނިމި، ޔާރޑުގެ ޕޭވިންގ މަސައްކަތް އޮކްޓޫބަރުގެ ކުރީކޮޅު ނިމޭނެ ކަމަށެވެ. މި ސަރަހައްދު ފުރިހަމަވުމުން މާލޭ ބަނދަރުގައި ކުރިއަށްދާ ދޯނި ކާރގޯ ކްލިއަރެންސްތައް ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ.

HajjCop_ads
Advertisement

ތިލަފުށީގައި ބައިނަލްއަޤްވާމީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީން ބާރު ދުވެލީގައި މަސައްކަތް ކުރިއަށްގެންދާއިރު، ޑޮމެސްޓިކް ކީވޯލްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އަދި އިންޓަރނޭޝަނަލް ކީވޯލް 2027 ޖުލައިއަށް ނިމޭނެއެވެ. އަދި ބަނދަރަށް ބޭނުންވާ އެސްޓީއެސް ކްރޭނާއި މޯބައިލް ހާބަރ ކްރޭން 2027 އޮކްޓޫބަރު 15 ގެ ކުރިން މާލެ ގެނައުމަށް އެމްޕީއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 1594 ކޮންޓެއިނަރގެ މުދާ ކްލިއާކުރި

އެމްޕީއެލް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް މިއަދު ފަށައިފި

MPL CEO

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ އިންޤިލާބީ ބަދަލެއް: ޝަފީޤް

އެމްޕީއެލްގެ ބްރޮންޒް ސްޕޮންސަރަކަށް ސާސޭ ކޮންސްޓްރަކްޝަން ހަމަޖައްސައިފި