ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ އެއާޕޯޓުގެ ކަރަންޓު ވިއުގަ ވަރުގަދަކުރުމަށް ސްޓެލްކޯއިން މަޝްވަރާކޮށްފި

Qw
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އައްޑޫ ސިޓީގެ ގަމުގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމާ ގުޅޭ ގޮތުން، އެ އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ އައްޑޫ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތާ ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވުމާ ގުޅިގެން، އެ ކުންފުނީގެ އިސްވެރިން އެ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. މީގެ ކުރިން އައްޑޫ ސިޓީއަށާއި ގަން އެއާޕޯޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ.

މި ބައްދަލުވުން ބޭއްވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާއި އެ ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން އޭއައިއޭގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ގަން އެއާޕޯޓު އަޕްގްރޭޑް ކުރުމުގެ މަޝްރޫއާއެކު އެއާޕޯޓަށް އިތުރަށް ބޭނުންވާނެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން އޭއައިއޭގެ މުހިންމު ބޭނުންތައް ދެނެގަނެ، އެއާޕޯޓުގެ ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ޚިޔާލު ބަދަލުކުރެވުނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ދެ ހާސް ތޭވީސް ވަނަ އަހަރު ވަނީ އިފުތިތާހުކޮށްފައެވެ. އިންޑިއާގެ އެކްޒިމް ބޭންކުގެ ސައްވީސް މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާއެވެ.

އެ މަޝްރޫއަކީ އަހަރަކު އެކަކު ބައި މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓުގެ ވަސީލަތްތައް ތަރައްގީކުރުމަށް ރާވާފައިވާ މަޝްރޫއެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މަޝްރޫއުގެ މަސައްކަތްތަކަށް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ.

މި ވަގުތު ގަން އެއާޕޯޓަށް ގަވާއިދުން ބައިނަލްއަގުވާމީ ދަތުރުތައް ބާއްވަމުން އަންނަނީ ސްރީލަންކަން އެއާލައިންސުން އެކޏެވެ. ސްޓެލްކޯއިން އައްޑޫގެ ކަރަންޓު ވިއުގަ ހަރުދަނާކުރުމަށް ފަށާފައިވާ މަސައްކަތްތަކާއެކު، އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ކަރަންޓުގެ އިތުބާރު ބޮޑުވެގެންދާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HUz1OShbsAA38Gz

ހއ. އަތޮޅުގެ ކަރަންޓުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

ސްޓެލްކޯއިން ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

ހުޅުމީދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއިން މަރާމާތުކޮށް ބޭނުންކުރަން ފަށައިފި