ފީފާގެ ރައީސްކަމުގެ ހަތަރު ވަނަ ދައުރަކަށް މިހާރު އެ މަގާމުގައިހުރި ޖިއާނީ އިންފަންޓީނޯ ކުރިމަތިލާނެކަން ފީފާއިން އިއުލާނުކޮށްފިއެވެ.
ދުނިޔޭގެ ފުޓްބޯޅާ އިދާރާގެ ރައީސްކަމުގެ މަޤާމު އިންފަންޓީނޯ އަންނަނީ 2016އިން ފެށިގެން އަދާކުރަމުންނެވެ. ނަމަވެސް ހަތަރުވަނަ ދައުރަކަށް ކުރިމަތިލާނެކަން އޭނާ އިއުލާންކޮށްފައިވާއިރު، މަޤާމު ދިފާއުކުރުމަށް އޭނާއަށްވަނީ ޕްރެޝަރު ބޮޑުވެފައެވެ. އޭގެ މައިގަނޑު ސަބަބަކީ ފީފާ ވޯލްޑް ކަޕާއި ފީފާގެ އެހެން މުބާރާތްތަކުގެ ރާވައި ހިންގަން ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ހިއްސާ ވިޔަފާރިވެރިންނަށް ދާއިމީކޮށް ދޫކޮށްލަން ނިންމި މައްސަލާގަ އެވެ. މިއީ ފީފާގެ އެއްވެސް މީހަކާ މަޝްވަރާ ނުކޮށް އަމިއްލަ އަމިއްލަ އަށް ނިންމި ނިންމުމެއް ކަމަށް އިންފަންޓީނޯ ވެސް ފަހުން ވަނީ އެއްބަސްވެފައެވެ.
އިންފަންޓީނޯ މަސައްކަތް ކުރެއްވީ ފީފާގެ މުބާރާތްތައް ހާއްސަކޮށް ވޯލްޑްކަޕް ރާވައި ހިންގުމަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އެ ކުންފުނީގެ 20 ޕަސެންޓް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ވިއްކާލުމަށެވެ. އަދި މިކަމަށް އެއްބަސްވާ ގައުމުތަކަށް އަހަރަކު 40 މިލިއަން ޑޮލަރު ދޭން ވެސް އިންފަންޓީނޯ ނިންމި އެވެ. ނަމަވެސް އޭނާގެ މި ނިންމުމަކީ ފީފާގެ އެއްވެސް މީހަކާ މަޝްވަރާ ނުކޮށް އަމިއްލަ އަށް ނިންމު ނިންމުމަކަށްވާތީވެ ގައުމުތަކުން ނުރުހުން އަމާޒުވާން ފެށުމުން އިންފަންޓީނޯ ވަނީ މައާފަށް ވެސް އެދިފަ އެވެ. ނަމަވެސް ޔޫރަޕާއި ކޮންކާކަފުން ވަނީ އޭނާގެ ވާހަކަތައް ބަލައި ނުގަންނާނެ ކަމަށާއި ދެން އިތުބާރު ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

ފީފާއިން ނެރުނު ބަޔާޏެއްގައި ބުނީ އިންފަނޓީނޯ އޮތުރު ދައުރަކަށް ކުރިމަތިލާނެކަމަށެވެ.
ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދުންނެވެ. ނޮވެމްބަރު 18 ގެ ކުރިން ފީފާ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ރަސްމީކޮށް ލިޔެކިޔުންތައް ހުށަހަޅައި ކެންޑިޑެސީގެ ކަންކަން ފުރިހަމަަ ކުރަންޖެހޭނެއެވެ.
އިންފަންޓީނޯއާ ވާދަކުރާނެ ކެންޑިޑޭޓެއް އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.










ކިޔުންތެރިންގެ ހިޔާލު