ފީފާގެ ރައީސްކަމުގައި ދެމިހުރުމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށްފައިވާ ފީފާގެ މިހާރުގެ ރައީސްއަށް ފަޑުކިޔުން ބޮޑުވެފައިވަނިކޮށް އެ ޖަމާއަތުގެ ހިންގުން އިސްލާހުކުރަން މަރުހަބާ ކިޔާކަމަށް ވިދާޅުވެއްޖެއެވެ. ފީފާގެ ރައީސް ހިއާނީ އިންފަންޓީނޯމިކަމަށް އެދިވަޑައިގެން ވަނީ ފީފާގެ މެންބަރު 211 ޤައުމަށް ސިޓީއެއް ފޮނުވާފައެވެ.
އޭގައި އޭނާ އެދިފައިވަނީ ފީފާ ކައުންސިލް މެދުވެރިކޮށް، ފީފާގެ މެމްބަރުން އެޖަމާއަތުގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދު ހިޔާލު ދިނުމަށާއި އެކަމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން ފީފާގެ ހިންގުން ހަރދަނާ ކުރެވޭނެ ގޮތްތައް ހޯދަން މެމްބަރު ގައުމުތަކާއެކު މަޝްވަރާކުރާނެ ދާއިރާތަކަކީ އެ ޖަމާއަތުގެ ހިންގުމާއި ރައީސަށް ލިބިގެންންވާ ބާރުތަކާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރޭގައި ފީފާ އާއި ފީފާގެ ރައީސް މަސައްކަތް ކުރާނެ ގޮތްތަކާއި ޒިންމާދާރު ކުރުވޭނެ ގޮތްތަކާ މެދު ކަމަށެވެ.
މިހާރު އުމުރުން 56 އަހަރުގެ އިންފަންޓީނޯ މިފަދައިން މި އެދުނީ ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސް ކަމަށް އިންތިހާބުވުމަށް ގޮންޖެހުންތަކާ ކުރިމަތިވުމުންނެވެ. ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވެ 2015 ވަނަ އަހަރު ކުރީގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމުން އިންފަންޓީނޯ އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން މާބޮޑު ވާދަވެރިކަމެއްނެތި ފީފާގެ ރައީސްކަން ކުރައްވަމުން ގެންދެވި އިންފަންޓީނޯ އަށް މައްސަލަތައް ދިމާވީ މިދިޔަ ޖުލައި މަހު އެމެރިކާގައި ނިމުނު ވޯލްޑް ކަޕަށް ފަހުއެވެ. އެއީ އެ މުބާރާތަށް ފަހު ވޯލްޑް ކަޕް ރާވައި ހިންގުމަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ބައެއް ވިޔަފާރިވެރިންނަށް ވިއްކާލަން އުޅުއްވުމުންނެވެ. މިކަމަކީ ފީފާގެ ކައުންސިލާ ވެސް މަޝްވަރާ ކުރުމެއްނެތި އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށް އިންފަންޓީނޯ ވަނީ ޕްރެޝަރު ބޮޑުވުމުން އިއުތިރާފްވެވަޑައިގެންފައެވެ.

މިއާއެކު އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށާއި އޭނާގެ ބަދަލުގައި އަންނަ މާޗު މަހު ފީފާގެ ރައީސް ކަމަށް އައު ބޭފުޅަކު ހޮވަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޔޫރަޕާއި ކޮންކާކަޕް އަދި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާއިންނެވެ.
ފީފާގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ މާރިޗު މަހުއެވެ. މިހާތަނަށް ސްމީކޮށް ކެންޑިޑެސީ އިއުލާނުކުރެއްވީ، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ އެކަންޏެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ނޮވެމްބަރު މަހުގެ 18އަށް ހަމަވާއިރު ޔުއެފާއިން ވަނީ އިންފަނޓީނޯއާ ދެކޮޅަށްނެރޭނީ ޔޫރަޕްގެ މީހެއްކަމަށް ބުނެފައެވެ. ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ލިބިގެންނެވެ.










ކިޔުންތެރިންގެ ހިޔާލު