ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިހާތަނަށް 99 ކަނދުފަތި އަޅައިފިން: މަސްވެރިކަމާބެހޭ ވުޒާރާ

Main 20250410
Maldivian_Ads
STO_Ads
TTH_Ads
Advertisement

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 99 ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

ރާއްޖޭގައި އަންނަނީ ދެ ބާވަތެއްގެ ކަނދުފަތި އަޅަމުންނެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަ ދޮށީގެ ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއާއި ފަރުމަސްވެރިކަމަށް ޚާއްޞަ ވަދު ކަނދުފައްޗެވެ.

ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ސަރުކާރުން މިހާތަނަށް ގާއިމްކޮށްފައިވާ 99 ކަނދުފަތީގެ ތެރޭގައި ހިމެނެނީ 47 ދޮށީ ކަނދުފައްޗާއި 52 ވަދު ކަނދުފައްޗެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެއް ކަމަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

HajjCop_ads
Advertisement

މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތަށް މި މަހުގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ ކަމަށެވެ. ކަނދުފައްޗަކީ މަސްވެރިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ އެއްޗަކަށްވުމާއެކު، ކަނދުފަތި ކަނޑައިގެން ދިއުމުން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެންމެ އިސްކަމެއްދޭނީ ކަނޑައިގެން ގޮސް ހުރި މަސްކަނދުތައް ރީ-އިންސްޓޯލް ކުރުމަށްޓަކައި. އެހެންވީމަ އަޅުގަނޑުމެންނަށް އެބް ޔަގީން ކުރެވޭ ސެޕްޓެންބަރު މަސްތެރޭގައި އަޅުގަނޑުމެންނަށް މީގެ މެޖޯރިޓީ ކަނޑައިގެންގޮސްފައި ހުރި ކަނދުފަތިތައް އަލުން ގާއިމުކުރެވޭނެކަމަށް.

މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

އޮއިވަރާއި މޫސުމަށް އަންނަ ބަދަލުތަކާއެކު އަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށްވެސް ހައްލެއް ގެނައުމުގެ މަސައްކަް ވުޒާރާއިން ވަނީ ފަށާފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ 40 އަހަރުވީ ބާ އީޖާދެއްގެ ކަނދުފަތިތަކެއް ކަމުން، އައު ފަރުމާއާއެކު ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ކަނދުފަތި އެޅުމުގައި މިސަރުކާރުން ރެކޯޑެއް ހަދާފައިވާކަމަށް މީގެ ކުރިންވެސް ވަޒީރު ޝިޔާމް ވިދާޅުވެފައިވެއެވެ. އެގޮތުން، މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފައްޗެއް އަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

މިހާތަނަށް މަސްވެރިންނަށް 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ: ޝިޔާމް

masverin

މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގެނައި އިޞްލާހު ތަސްދީޤުކޮށްފި

shiyam minister

ޅޮހީގައި އައު އައިސްޕްލާންޓެއް މިއަހަރު ޤާއިމްކުރާނަން: ވަޒީރު

Sea Cucumber (Thelenota anax) (8499582873)

އެމްބަރފިޝް ހުއިފިލަނޑާ ބޭރުކުރުމަށް މަޝްވަރާކޮށްފި