ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިކަމުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Masverin
STO_Ads
TTH_Ads
Maldivian_Ads
Advertisement

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދު ހުޅުވާލައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ވެރިރަށް މާލޭގައެވެ. މަސްވެރިކަމުގެ ސިނާޢަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަހަރުގެ ޖަލްސާގައި ޖުމްލަ 4 ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އަލަށް ތަޢާރަފުކުރި “ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު” ވެސް ހިމެނެއެވެ.

މިއަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކަކީ:

HajjCop_ads
Advertisement

  • އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް): މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ޒުވާނުންނަށް ޚާއްޞަ އެވޯޑެކެވެ.
  • އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި): މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.
  • ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު: އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.
  • ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު: މަސްވެރިކަމުގައި ޢަމަލީގޮތުން ހަރަކާތްތެރިވެ، އާމްދަނީ ހޯދުމަށް މަސްވެރިކަންކުރާ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުންނާއި، އެހެން ފަރާތްތަކުންވެސް ޝަރުތު ހަމަވާ ފަރާތްތަކުގެ ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމު އެ ވުޒާރާގެ ރަސްމީ ވެބްސައިޓް www.fishagriocean.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ޝަރުތު ހަމަވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ފޯމުތައް މި ހިނގާ އޮކްޓޫބަރު މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، އެ ވުޒާރާގެ އީމެއިލް [email protected] އަށް ފޮނުވުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި އެވޯޑުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި ރެޔާއި ދުވާލު ދާ އޮހޮރުވައިގެން މަސައްކަތްކުރާ ހީވާގި މަސްވެރިންގެ އަގުވަޒަންކޮށް، މި ދާއިރާއަށް ޒުވާނުންނާއި އަންހެނުން ޝައުޤުވެރިކުރުވުމެވެ.

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HPbPpH1bcAAgk89

މެރިން ހެޗަރީ ޕްރޮގްރާމުގެ 4ވަނަ ބުރަށް ހުޅުވާލައިފި

masverin

މިދިޔަ މަހު ކިރުވި މަހަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

agriculture

ދަނޑުވެރިކަމަށް ދޫކޮށްފައިވާ، މަސައްކަތް ކުރިއަށްނުދާ ރަށްރަށުގެ އެއްބަސްވުން ބާތިލުކުރަނީ

DSC

އައު ޤާނޫނާއެކު ދަނޑުވެރިކަމާއި މެރިކަލްޗަރ ދާއިރާއިން ބޮޑެތި އިންވެސްޓްމެންޓް ލިބޭނެ: ޝިޔާމް