ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުރިހާ ބޭސް ފިހާރައެއްގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމެއް ސްޓޭޓް ފާމާއިން ޤާއިމްކޮށްފި

Df531b76 206f 4ef9 9093 efff0c020bb3
ސްޓޭޓް ފާމާގެ ހެންވޭރު ބޭސްފިހާރަ | ފޮޓޯ: ސަން
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމެއް ޤާއިމްކޮށްފިއެވެ.

ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމާއިން ބުނީ ބޭހުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ މާލެއާއި ރަށްރަށުގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ނުވަތަ ސްޓޮކް ނޭނގުންކަމަށެވެ. ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެމެހެއްޓެނިވިގޮތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އޭގެދަށުން މިހާރު ހުރިހާ ރަށެއްގައި ހުރި އެކުންފުނީގެ ބޭސް ފިހާރަތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށްވެސް ބޭހުގެ ސްޓޮކް ފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. ދެމެހެއްޓެނިވިގޮތެއްގައި މެދުނުކެނޑި ބޭސް ލިބޭނެ ގޮތްހެދުމަށްޓަކައި އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމަށްޓަކައި ބޭސްތަކުގެ ސްޓޮކް ދެނެގަނެ ކުންފުނިތަކާއި ގުޅިގެން ބޭސް އެތެރެކުރުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް އެކުންފުނިން މިހާރުދަނީ ކުރަމުންނެވެ.

HajjCop_ads
Advertisement

މިހާތަނަށް 3 ކުންފުންޏަކާއެކު ބޭސް އެތެރެކުރުމަށްޓަކައި އެއްބަސްވުންވަނީ ޤާއިމުކޮށްފައެވެ. އަދި އިތުރު ކުންފުނިތަކާއެކުވެސް މިއެއްބަސްވުން ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ބޭސް ރައްކާކުރުމަށް ބޭނުންވާ ސްޓޯރޭޖްތައް ޤާއިމުކުރުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ޤާއިމުކުރުމާއި، ރާއްޖެއަށް ބޭނުންވާ ބޭސްތައް ގެނައުމަށް އޯޑަރުތައް ޖެހުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މިހާރު ދިމާވެފައިވާ ބޭހުގެ މައްސަލައަށް އެދެވޭ ހެޔޮ ބަދަލެއް އަންނަ އަހަރުގެ މެދުތެރޭ އަންނާނެކަމަށް އެކުންފުނިން ވަނީ އަންދާޒާކޮށްފައެވެ.

ބޭސްތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާއިރު އެކުންފުނީގެ މުވައްޒަފުން ތަމްރީނުކުރުމަށްވެސްވަނީ ނިންމާފައެވެ. ބޭސް ކުންފުނިން ވިދާޅުވީ ބޭސް ސިޓީއެއްގައި ހިމެނޭ ބޭހެއް އެފާމަސީއެއްގައި ނެތްނަމަ، ލިބެން ހުންނާނެ އެހެން ފާމަސީއެއް ބަލި މީހުންނާއި މިހާރު ހިއްސާކުރާނެކަމަށެވެ. އަދި އެއީ މިވަގުތު ރާއްޖެއިން ހުސްވެފައިވާ ބޭހެއްނަމަ ވީއެންމެ އަވަހަކަށް ބޭސް ސިޓީއަށް އޯޑަރު ޖެހުމުގެ ކަންކަން އެފާމަސީއަކުން ކޮށްދޭނެކަމަށް ބޭސް ކުންފުނިން ވިދާޅުވެއެވެ. ބޭހާއި ގުޅޭގޮތުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ގުޅޭނެހެން 24 ގަޑިއިރު ޚިދުމަތްދޭ 1505 ހޮޓްލައިނެން އެކުންފުނިންވަނީ ޤާއިމުކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓޭޓް ފާމާގެ ހިދުމަތްތައް ފުޅާކުރަން އިތުރު ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު

ވެކްސިނާއި ޞިއްޙީ ސާމާނު ހޯދުން ހަރުދަނާކުރަން މަޝްވަރާކޮށްފި

State pharmer

ބޭސް ގަތުމަށް އިތުރު ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

Big itteusQqUVXmkVdeCa0jE0dfn

ފާމަސިސްޓުން ތަމްރީނުކުރަން ވިލާ ކޮލެޖާއެކު މަޝްވަރާކޮށްފި