ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓޭޓް ފާމާގެ ހިދުމަތްތައް ފުޅާކުރަން އިތުރު ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު

STO_Ads
TTH_Ads
Advertisement

ސްޓޭޓް ފާމާގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އިތުރު ފާމަސިސްޓުން ބޭނުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ. ޑރ. ޝާހް ވިދާޅުވީ ކުންފުނީގެ ހިދުމަތްތައް ފުޅާކުރަން އަދިވެސް 100 އެއްހައި ފާމަސިސްޓުން ބޭނުންވާ ކަމަށެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝާހް ވަނީ، ބޭސް ދޫކުރުމަށް އެ ކުންފުނީގެ ފާމަސީތަކުގައި ތިބި ފާމަސިސްޓުންގެ އަދަދު މަދުކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ފާމަސިސްޓުން ހޯދުމަށް އިއުލާނުކުރި ނަމަވެސް މާބޮޑު ތަރުހީބެއް އެކަމަށް ލިބިފައިނުވާތީ ރާއްޖެއިން ބޭރުން ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހި ފާމަސިސްޓުން ތަމްރީނުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެގޮތުން ރާއްޖޭގައި ހުރި ކޮލެޖް ޔުނިވަރސިޓީތަކާ ގުޅިގެން މި މަސައްކަތް ކުރުން ހިމެނޭކަން ޑރ. ޝާހް ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމެއް އެކުލަވާލުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ކިހިނެތްތޯ އެކުދިންގެ ޝައުގުވެރިކަން މިކަމަށް ޖައްސާނީ. ކޯސް ނިމުނީމަ ވަޒީފާގެ ޔަގީންކަން ދިނުމާއި ތަމްރީން ވަމުންދާއިރު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެވޭނީ ކިހިނަކުންތޯއާ އިތުރަށް މިހާރު ތިބި ސްޓާފުންނަށް ތަމްރީން ދޭނެ ގޮތްތަކާ ގުޅެގޮތުން ވާހަކަދައްކަފާއި. މިފަދަ ތަމްރީން ދެ އިތުރު ތަންތަނާވެސް ބައްދަލުކުރާނެ.” – ޑރ. ޝާހް މާހިރު

ޑރ. ޝާހް އިތުރަށް ވިދާޅުވީ ބޭސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި ފާމަސިސްޓުންނާއި ކްލިނިކަލް ފާމަސިސްޓުންގެ އިތުރުން ޑޮކްޓަރުންގެ ވެސް އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ފާމަސިސްޓުންނަަށް މިހާރު ދެމުންދާ މުސާރަ ވެސް އިތުރަށް ރިވިއުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްޓޭޓް ފާމާއަކީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން އަލަށް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ދަނީ ރާއްޖޭގައި 193 ފާމަސީއެއް ހިންގަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެކްސިނާއި ޞިއްޙީ ސާމާނު ހޯދުން ހަރުދަނާކުރަން މަޝްވަރާކޮށްފި

State pharmer

ބޭސް ގަތުމަށް އިތުރު ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

Igmh

އެންޓިބަޔޮޓިކްސްގެ ހުރިހާ ބާވަތެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

Io

ސްޓޭޓްފާމާއިން 19 ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފި