މާލޭގައި ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާ ވާހަކަތަކަކީ ޙަޤީޤީ ވާހަކަތަކެއްް ނޫން ކަަމަށް ސްޓޭޓް ފާމާ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ސްޓޭޓްފާމާގެ މައި ސްޓޮކްގަ އާއި، އަދި އެ ކުންފުނީގެ ބޭސް ފިހާރަތަކުން ފޮލިކް އެސިޑް ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖެއިން މި ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.
ސްޓޭޓް ފާމާ އިން ބުނީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބޭނުންވާ އަސާސީ ބޭސްތައް، އެއްވެސް ދަތިކަމެއް ނެތި މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާ އަބަދު ވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ބޭހާއި ގުޅޭ ގޮތުން އަދި ކުންފުނިން ފޯރުކޮށްދޭ އިތުރު އެއްވެސް ޚިދުމަތެއްގެ ސުވާލެއް އޮތްނަމަ، އެ ފުރުސަތު އޮންނާނެ ކަން ވެސް ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ބަލާލެވޭނެ ނިޒާމު ދައުލަތުގެ ބޭސް ކުންފުނިން މިހާރު ވަނީ އިންތިޒާމު ކޮށްފަ އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.