ޑްރޯންގެ އެހީގައި ބޭސް ފޯރުކޮށްދޭން ފަށަން ޒަމާނީ ދެ ޑްރޯން ގެނެސްފި އެވެ.

ސްޓޭޓް ފާމާއިން މިއަދު ބުނީ ހެލްތް މިނިސްޓްރީން ޒަމާނީ ދެ ޑްރޯން ގެނެސް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ. ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވި ގޮތުގައި މިއީ ބެޓެރީން އޮޕަރޭޓް ކުރާ ޑްރޯންތަކެކެވެ.

އިމާޖަންސީގައި ބޭސް އަދި އިންޖެކްޝަން ފަދަ ތަކެތި އެކި ރަށްރަށަށް ފޮނުވަން ބޮޑު ހޭދައެއް ކުރަން ޖެހޭއިރު ޑްރޯންއާއެކު އެ ޚަރަދު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ޝާހް ވިދާޅުވި އެވެ.

އިޝްތިހާރު އިޝްތިހާރު

"މިއީ ވަރަށް އޮޓޮމޭޓެޑް އެއްޗެހިތަކެއް. މިއީ ޖިއޯލޮކޭޝަންގައި އެ ބުނާ ތަނަކަށް ޖައްސައިދޭ ނުވަތަ ލޭންޑްކުރުމުގެ ޕްރަގްރާމް މިއަށް ދިނީމަ ވަރަށް ޕްރިޒިޝަން ރަނގަޅު އެއްޗެހިތަކެއް،" ޝާހް ވިދާޅުވި އެވެ.

ޝާހް ވިދާޅުވި ގޮތުގައި ޑްރޯންގެ އެހީގައި ބޭސް ފޯރުކޮށްދޭން ފަށަން އަންނަ އަހަރުގެ ކުރީކޮޅު ޕައިލެޓް ޕްރޮޖެކްޓެއް ފަށާނެ އެވެ. އަދި އޭގެ ކުރީން އެމްއެންޑީއެފާއި އޭވިއޭޝަން ސެކިއުރިޓީއާ ކަމާގުޅޭ އިދާރާތަކާއެކު ވަރަށް ގިނަ ބައްދަލްވުންތައް ބޭއްވި މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.