ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕަށް ހުޅުވާލައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕްގެ 13ވަނަ ބުރަށް ހުޅުވާލައިފިއެވެ.

މިއީ ޑޮކްޓަރީ ކޯސް ފުރިހަމަކުރުމަށްފަހު، ރަސްމީކޮށް ވަޒީފާއާއި ގުޅުމުގެ ކުރިން ހަދަންޖެހޭ 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމެކެވެ. އައިޖީއެމްއެޗްއިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، އިންޓަރންޝިޕްގެ މި ބުރުގައި 24 ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.

މެޑިކަލް އިންޓަރންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ސެޕްޓެންބަރު މަހުގެ 24ވަނަ ދުވަހު، މެންދުރު 12:00ގެ ނިޔަލަށް ވަނީ ހުޅުވާލަފައެވެ.

HajjCop_ads
Advertisement

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

– މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން

– މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ “ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން” ސެޓްފިކެޓް އޮތުން

– ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން

ފޯމާއެކު ހުށައަޅަންޖެހޭ ތަކެތީގެ ތެރޭގައި މެޑިކަލް ކޮލެޖު ނުވަތަ ޔުނިވަރސީޓީއިން ދޫކޮށްފަވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އޭގެ އެޓެސްޓް ލިޔުން ހުށައަޅަންޖެހޭނެއެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ ލިޔުމުގެ އެޓެސްޓްވެސް ހުށައަޅަންޖެހޭނެއެވެ. މީގެއިތުރުންވެސް އަސާސީ އެހެނިހެން ލިޔެކިޔުންތައް ހިމެނެއެވެ.

ބައިވެރިވުމަށް އެދޭ ފޯމު www.igmh.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 ދަރުމަވަންތަ ހޮސްޕިޓަލްގެ އެންއެޗްއޭ އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި 09:00އިން 12:00އަށް، ދަރުމަވަންތަ ހޮސްޕިޓަލްގެ އެންއެޗްއޭ އޮފީހުންނެވެ.

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 24 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.

ރާއްޖޭގައި ސަރުކާރުގެ 3 ހޮސްޕިޓަލަކުން އިންޓަރންޝިޕްގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްއިންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

90

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދާނެ ފެސިލިޓީއެއް ޤާއިމްކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ

88887

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިވަޑައިގެންފި