ސިއްހީ ދާއިރާއަށް މިއަހަރު އިތުރު 2000 މުވައްޒަފުން ނަގާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންގެ އަޑު” ޕްރޮގްރާމުގެ ހަތަރު ވަނަ އެޑިޝަންގައި ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ވަނީ، ޚިދުމަތް ހޯދާ މީހުންގެ އާބާދީއާ އެއްވަރަށް މުވައްޒަފުން ނެތް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގިނަ މެޑިކަލް އޮފިސަރުން ވަޒީފާއިން ވަކިވުމުން ދަތިތަކާ ކުރިމަތިވި ކަމަށާއި އިތުރު މުވައްޒަފުން ނެގުމަށް އެދުނު ކަމަށް އެ އޮފިސަރު ފާހަގަކުރިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށާއި، ސިއްހީ ދާއިރާގެ މުވައްޒަފުން އިތުރުކުރުމާއި، ޖީޕީ ކްލިނިކްތައް ތައާރަފްކޮށްގެން ދާއިރާ ކުރިއެރުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މި އަހަރު އިތުރަށް މުވައްޒަފުން ނެގުމަށް ނިންމާފައި ވަނީ ވެސް ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށެވެ.
“ނިއަލީ ދެ ހާ ހެއްހާ ސްޓާފުން މުޅި ރާއްޖެއަށް،ދެން އޭގެ ތެރެއިންވެސް ބެޗް ބެޗަށް މިދަނީ. ދެން މިހާރުވެސް އިތުރު ސްޓާފުން ނެގުން، އޮފްކޯސް ހަމަ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލް އޭގެ ތެރޭގައި ހިމެނޭނެ. ޖީޕީ ކްލިނިކްސްތައް ފޭސް 2 ގަ އިތުރު ތަނެއް، ފޭސް 1 ގަ އިތުރު ތަނެއް ހެދުމުގެ މަސައްކަތް މިހާރު ހަވާލު ކޮށްގެން ފަށައިފި” ރައީސް
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އަޅާ ޖީޕީ ކުލިނިކުތައް ނިމުމުން ސިއްހީ ދާއިރާގެ ކެޕޭސިޓީއާއި އެ ދާއިރާގެ މުވައްޒަފުން ވެސް އިތުރުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ










ކިޔުންތެރިންގެ ހިޔާލު