ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލެޓްދޭއިރު ވަކި މީހަކު ކެންސަލްކޮށް ވަކި މީހަކު ހޮވަން ފުރުސަތެއް ނުދޭނަން: ރައީސް

muiz
STO_Ads
Maldivian_Ads
TTH_Ads
Advertisement

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންކަން ވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ބައިވެރިވި އާންމުންގެ މީހަކު ފާޅުކުރި ކަންބޮޑުވުންތަކަކާއި ގުޅިގެންނެވެ. އެ މީހާ ވަނީ ކުރީގެ ސަރުކާރުގައި ބޯހިޔާވަހިކަން ދިންއިރު އިންސާފުން ބޭރުން ހިންގާފައިވާ ކަންކަން ރައީސާއި ހިއްސާކޮށްފަ އެވެ.

އެކަން ކަންބޮޑުވުންތައް އެއްސެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވީ މި ސަރުކާރުން މިހާރު އިމާރާތް ކުރަމުންދާ އަދި އިމާރާތް ކުރަން ތައްޔާރުވަމުންދާ ފްލެޓްތައް ދޫކުރާއިރު އެއްވެސް ނުފޫޒެއް ނޯންނާނެ ކަމެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވީ އެންމެ އިންސާފުވެރިކޮށް އެކަން ކުރިއަށް ގެންދަން ފްލެޓާއި ބިމަށް ކުރިމަތިލީ ފަރާތްތަކަށް ޝަކުވާއެއް އޮތްނަމަ ހުށައަޅަން ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ޔަގީންކަން ދެއްވީ މި ފަހަރު އެއްވެސް މީހަކު ނުވަތަ ބަޔަކު ބޭނުންވާ ބަޔަކަށް ފްލެޓް ދޭން ފުރުސަތު ނޯންނާނެ ކަމެވެ.

“ވަކި މީހަކު ކެންސަލް ކޮށްލަން ނުވަތަ ވަކި މީހަކު ހޮވަން އެއްވެސް ފުރުސަތެއް ނުދޭނަން” ރައީސް ވިދާޅުވި އެވެ.

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންހިނގާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއް ކަމަށާ، ނަމަވެސް އެންމެ މުހިންމުކަން ދެއްވާ އެއް ކަމަކީ، އެކަން ނިމުމަކަށް ގެނެސް، މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރައީސް ގެންދަަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަތަކަށް އެނގޭނެ ނިޒާމެއް ޤާއިމްކުރަނީ

muiz

ސަރުކާރުގެ އަމާޒަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުރިއަށްވުރެ ބޮޑުކޮށްދިނުން: ރައީސް

muiz

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދޭނަން: ރައީސް

“ރައްޔިތުންގެ އަޑު” ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައިފި