ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

Maldivian_Ads
TTH_Ads
STO_Ads
Advertisement

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބައެއް ސަރުކާރުން ދައްކައިދޭ ގޮތަށް އުސޫލެއް އެކުލަވާލާ އެފަދަ ސްކީމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި އާންމުންގެ މީހަކު ހުށައެޅި ޝަކުވާއަކާއި ގުޅިގެންނެވެ. މި ޕްރަގްރާމްގައި ބައިވެރިވެ ބައްޕައަކާއި އޭނާގެ ދަރިފުޅު ވަނީ އެ މީހުންނަށް ހުޅުމާލެ އިން ލިބިފައިވާ ގޯތި ހެދުމަށް ލޯނު ލިބުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކޮށްފަ އެވެ.

ބެންކުން ލޯނު ދޫކުރަނީ އިކުއިޓީގެ ގޮތުގެ ލޯނުގެ ފަސް ޕަސެންޓް ދެއްކުމުންނެވެ. ނަމަވެސް އެ ފައިސާ ދެއްކުމަކީ ބައެއް މީހުންނަށް ވަރަށް ދަތިކަމެކެވެ. އެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ ގޯތި ހެދޭނެ ގޮތެއް ނެތިފައި ތިބި ރައްޔިތުންްނަށް ބެންކަށް ވަދެވޭނެ ގޮތް ހަދައިދިނުމަކީ އެމަނިކުފާނު އިސްކަން ދެއްވާ ކަމެއް ކަަމަށެވެ.

HajjCop_ads
Advertisement

އަދި ލޯނު ލިބުމަށް އޮތް ފުރުސަތު ފަހިކޮށްދީ އުސޫލުތައް އިތުރަށް ލުއިކޮށް ދިނުމާއި ވީހާވެސް ގިނަ ބަޔަކަށް ގޯތި ލޯނު ލިބޭނެ ގޮތް ހަދައިދޭން ބޭނުންފުޅުވާ ކަމަށެވެ. ލޯނު ލިބުމަށް ގިނަ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބެންކަށް ދައްކަން ޖެހޭ ފަސް ޕަސެންޓްގެ ފައިސާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ޚާއްސަ ސްކީމެއް ފެއްޓެވުމަށް ނިންމަވާ އެކަމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި އެކަމަށް ޚާއްސަކޮށް ޓްރަސްޓް ފަންޑުގައި މިހާރުވެސް ފައިސާ ބަހައްޓާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އިކުއިޓީއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބައެއް އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

“މިއީ ލޯނެއް ނޫން. ސަރުކާރުން ދެނީ އިކުއިޓީ ކޮންޕޯނަންޓަށްދޭ އަނބުރާ ދައްކަން ނުޖެހޭ އެއްޗެއް. ދެ ލައްކަ ރުފިޔާވަރު ކޮންމެ މީހަކަށް. ދެން ގޭގެ ތިން ހަތަރު މީހުން އެއްކޮށްލައިގެން ޖުމްލަ މިލިއަނެއްހާ ރުފިޔާވެސް ލިބިދާނެ ފަސް މީހަކު ތިބެއްޖެއްޔާ،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޯތިގެދޮރު ހެދުމަށް ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށާ ގޯތި ހެދުމަށް މާލޭގެ ގިނަ ބަޔަކަށް ލޯނު ލިބުމުގެ ފުރުސަތު އައު އުސޫލުން އޮންނާނެ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Garden

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

raees Muiz

ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސް

Muiz

ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ބަޔަކާ ޙަވާލުނުކުރުމަކީ އެންމެ މުހިންމު ސިޔާސަތު

wathanee khidumah

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ރައީސް ކާމިޔާބަށް އެދިވަޑައިގެންފި