ހުޅުމާލޭ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަތުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފަށައިފިއެވެ.
އެފްޑީސީން ބުނީ މި މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އަދި އެފްޑީސީގެ ޓީމުތަކުން ބައެއް ޔުނިޓުތަކަށް ޒިޔާރަތްކުރައްވާފައިވާކަމަށެވެ. މެނޭޖިންގ ޑިރެކްޓަރުގެ މި ޒިޔާރަތުގައި، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައިވާކަމށްވެސް އެފްޑީސީން ބުންޏެވެ.
Fahi Dhiriulhun Corporation Limited@Fdc_mvއަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަތުމުގެ މަސައްކަތް މި ކޯޕަރޭޝަނުން މިހާރު ވަނީ ފަށާފައި
މި މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި، މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން …


މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އާއިލާތަކުގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅެއްގެ ގޮތުން ދިނުމަށް ކުރިއަށްގެންދާ ކަމެކެވެ. އަދި މިފަދަ ތަންތަނުގައި ހުންނަ މައްސަލަތުގެ ސަބަބުން ދިމާވާ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.