ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކުރި

masverin
STO_Ads
TTH_Ads
Maldivian_Ads
Advertisement

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ މަހު މިފްކޯއަށް 555 ދޯންޏަކުން މަސް ކިރުވާފައިވާއިރު، މިއީ ޖުލައި މަހު މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާ އަޅާބަލާއިރު 32 ދޯނި ދަށް އަދަދެކެވެ. ޖުލައި މަހު މިފްކޯއަށް 822 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދު ދަށްވެފައިވާއިރު، މި ދޯނިތަކުން ކިރުވި މަހުގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން އޮގަސްޓު މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް 1،488 ޓަނުގެ މަސް ކިރުވާފައިވެއެވެ. ޖުލައި މަހު މިފްކޯއަށް ކިރުވާފައިވަނީ، 2،474 ޓަނުގެ މަހެވެ. އެހެންކަމުން މިއީ 39 އިންސައްތައިގެ ދަށްވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން އޮގަސްޓު މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ، 29.9 މިލިޔަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ މަހު މަސްވެރިންނަށް ދޫކުރި 49.7 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، 39 އިންސައްތައިގެ ދަށްވުމެކެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ސަރަހައްދަށް މަސްވެރިކަން ދަށްވެފައިވަނީ، އެންވެރިކަން ދަށްވުމާ ގުޅިގެންނެވެ. މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިދިޔަ އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް މަސްވެރިންނަށް ދޫކުރި ފައިސާ ހުރީ 1 މިލިޔަން ރުފިޔާ އަށްވުރެ ދަށުގައެވެ. ޖޫން މަހު ބައެއް ދުވަސްތަކުގައި ބޭނި މަހަށް 500،000 އެއްހައި ރުފިޔާވެސް ދޫކޮށްފައިވެއެވެ.

މަސްވެރިކަމުގެ ތަފާސް ހިސާބުތަކާއި އަދި ޒަމާނުއްސުރެ މަސްވެރިކަން ކުރާ ގޮތަށް ބަލާލާއިރު ޖޫން މަހާއި އޯގަސްޓު މަހަކީ، އެންމެ ބޮޑަށް މަސްވެރިކަން ދަށްވާ ދުވަސްވަރެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު މި ދުވަސްވަރު އެންވެރިކަން ދަށްވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މަސްވެރިކަން ދަށަށް ދެއެވެ.

48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Masverin

މަސްވެރިންނަށް ގަވައިދުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި

Resorts

މިފްކޯގެ ޗެއާޕާސަންގެ މަގާމަށް ފާއިޒް އައްޔަނުކޮށްފި

Masverin

މިފްކޯއަށް މިއަދު މަސް ގަންނަނީ 21ރ އަށް

masverin mifco

ކަޅުބިލަމަސް ކިލޯއެއްގެ އަގު 21.00 ރުފިޔާއަށް ބޮޑުކޮށްފި