މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 21.00 ރުފިޔާއަށް މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މިއަދުން ފެށިގެން އެ ކުންފުނީގެ ސެންޓަރުތަކުންނާއި މަސްކިރާ ބޯޓުފަހަރުުން މަސް ގަންނަމުންދާނީ މި އައު އަގުގައެވެ.
އައު އަގުގައި މަސް ގަންނަން ފަށާފައިވާ ފެސިލިޓީތަކުގެ ތެރޭގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ޖެޓީ ހިމެނެއެވެ. މީގެއިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް401 ބޯޓުންވެސް މިއަދުން ފެށިގެން މަސް ގަންނަމުންދާނީ ކަޅުބިލަމަސް ކިލޯއެއް 21.00 ރުފިޔާގެ ރޭޓުންނެވެ.

މިއަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައެވެ. މިއަދު ގެނައި ބަދަލާއެކު މަސް ކިލޯއެއްގެ އަގުން ވަނީ 1.00 ރުފިޔާ ބޮޑުވެފައެވެ.
މިފްކޯއިން ބުނި ގޮތުގައި މަސް ގަންނަ އަގަށް މިފަދަ ބަދަލުތައް ގެންނަނީ ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި ކުންފުނީގެ އޮޕަރޭޝަނަލް ޙާލަތަށް ރިޢާޔަތްކުރުމަށްފަހުގައެވެ.










ކިޔުންތެރިންގެ ހިޔާލު