ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބ.އަތޮޅުގެ 4 ރަށަކުން އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން ބ. އަތޮޅުގެ 4 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެމްއައިބީން އޭޓީއެމްގެ ހިދުމަތް ފަށާފައިވަނީ އޭދަފުށި، ކެންދޫ، ގޮއިދޫ އަދި ތުޅާދޫގައެވެ.

މި ރަށްރަށުގައި އޭޓީއެމް ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަހަމަ ގޮތެއްގައި މާލީ ހިދުމަތްތައް ފޯރުކޮށްދިނުން ފުޅާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުގެ މައި ތަނބެއް ކަމަށާއި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް ބޭންކިން އަދި މާލީ ހިދުމަތްތަކުން ފައިދާ ލިބިގަތުމުގެ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ 2026–2030 ގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ސިޔާސަތު ގެ ފަސް މައި ތަނބުގެ ތެރޭގައި ޝަރީއަތާ އެއްގޮތްވާ ގޮތުން ހިންގޭ އިސްލާމިކް ފައިނޭންސް ހިމެނޭކަމަށެވެ.  ފައިނޭންސިންއަށް ވާސިލްވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ފުޅާ ކުރުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ފައިނޭންޝަލް ނިޒާމެއް ބިނާ ކުރުމާއި، ކަސްޓަމަރުންގެ ހާލަތު ރަނގަޅު ކުރުމާއި، ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުން ވެސް ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްޓްރެޓެޖީ އެކުލަވާލުމަށް ކުރި ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މާލީ ހިދުމަތްތައް ތައާރަފު ކުރިކަމުގައިވިޔަސް، ރައްޔިތުންނަށް އެ ހިދުމަތްތަކުގެ ބޭނުން ފުރިހަމައަށް ހިފެމުން ނުދާކަމަށެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، ދިވެހި އަންހެނުންގެ 14 އިންސައްތަ އާއި ފިރިހެނުންގެ 5 އިންސައްތަ ބޭންކިން ނިޒާމުގެ ބޭރުގައި ތިބިއިރު، އިންޓަނެޓް ބޭންކިން ބޭނުން ކުރަނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ތެރެއިން އެންމެ 38 އިންސައްތަ ކަމަށެވެ.

“މިކަމުން އަންގައިދެނީ މާލީ ހިދުމަތްތަކުގެ ފުރިހަމަ ބޭނުން ރައްޔިތުން ހިފާ މިންވަރު އިތުރުކުރުމުގެ ޖާގަ އެބައޮތްކަން،” ވަޒީރު ވިދާޅުވިއެވެ.

ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުމަށާއި ކަސްޓަމަރުން ބާރުވެރި ކުރުވުމަށް، ސަރުކާރުން އެމް.އައި.ބީ ފަދަ މާލީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، ލިބެން ހުރި ބޭންކިން ހިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފޭ ފަދަ ގޮތަށް ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ދެމި ތިބޭނެ ކަމަށް ވިދާޅުވިއެވެ.

ބ. އަތޮޅަކީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވެއް ކަމަށްވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ގައުމީ ފެންވަރުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ސަރަހައްދެއް ކަން ފާހަގަ ކުރައްވަމުން، ފަތުރުވެރިކަމާ ގުޅިފައިވާ ވިޔަފާރިތަކަށާއި، އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތަކަށް މި ހަތަރު ރަށުގައި ގާއިމުކުރެވުނު އެމްއައިބީގެ ގޮފިތަކާ އެކު އިތުރު ކުރިއެރުން އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ޒަރޫރީ މާލީ ހިދުމަތްތައް ފުޅާކުރުން ކުރިއަށް ގެންދިއުމަށް އެމްއައިބީ އަދި އެހެނިހެން މާލީ މުއައްސަސާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ކުރެވޭ ކޮންމެ މަސައްކަތަކަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MIB has officially launched ATM in B. Atoll Kendhoo

އޭދަފުށީގައި އެމްއައިބީގެ ބްރާންޗެއް އިފްތިތާހުކޮށްފި

MIB Islamic bank

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 111 މިލިޔަން ރުފިޔާ

MIB Islamic bank

އެމްއައިބީގެ ހިއްސާދާރުންނަށް 129.6 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފި

MIB Islamic bank

އެމްއައިބީގެ އަހަރީ އާންމު ޖަލްސާ އަންނަ ހޯމަ ދުވަހު