ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއައިބީގެ ހިއްސާދާރުންނަށް 129.6 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފި

MIB Islamic bank
Maldivian_Ads
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ 16 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 129.6 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ “ފަހިވޯޓް” ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް މި މަހުގެ 18 ވަނަ ދުވަހު ބޭއްވި މި ޖަލްސާގައި ނިންމާފައިވަނީ ކޮންމެ ހިއްސާއަކަށް 5.41 ރުފިޔާ ބެހުމަށެވެ. ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި މި ނިންމުން ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 އިންސައްތަ ވޯޓުންނެވެ.

ބޭންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ 57 ހިއްސާދާރުންނާއި ޕްރޮކްސީން ބައިވެރިވި މި ޖަލްސާގައި ވަނީ މުހިންމު އެހެން ނިންމުންތަކެއްވެސް ނިންމާފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް އިއްތިފާގުން ފާސްކޮށްފައިވާއިރު، 2026 ވަނަ އަހަރަށް ބޭންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާންސްޓް އެންޑް ޔަންގް ހަމަޖެއްސުމަށްވެސް ވަނީ ފާސްކޮށްފައެވެ.

HajjCop_ads
Advertisement

އެމްއައިބީން އަންނަނީ މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން 2025 ވަނަ އަހަރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މިއީ ރާއްޖޭގެ އިސްލާމިކް ބޭންކިންގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށް އެމްއައިބީން ބުނީ، މި ކާމިޔާބީގެ އަސްލަކީ ކަސްޓަމަރުންނާއި ހިއްސާދާރުން ބޭންކަށް ކުރާ އިތުބާރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިދުމަތްތައް ފުޅާކޮށް، ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބ.އަތޮޅުގެ 4 ރަށަކުން އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

MIB has officially launched ATM in B. Atoll Kendhoo

އޭދަފުށީގައި އެމްއައިބީގެ ބްރާންޗެއް އިފްތިތާހުކޮށްފި

MIB Islamic bank

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 111 މިލިޔަން ރުފިޔާ

MIB Islamic bank

ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން މއ. ކުދިމަގޫގެ 12 މިލިއަން ރުފިޔާގެ ފެށޭ އަގަކާއެކު އެމްއައިބީން ނީލަމަށް