ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއައިބީ ގެސްޓްހައުސް އެވޯޑު 9 ފަރާތަކަށް ދީފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީއިން އިންތިޒާމުކޮށްގެން ބޭއްވި “އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026” ގެ އެވޯޑުތައް 9 ފަރާތަކަށް ރަސްމީކޮށް ދީފިއެވެ.

މި އެވޯޑަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ސިނާއަތުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ދެމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

މި ހަފުލާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ގެސްޓްހައުސްތަކަށާއި، ފަރުދުންނަށާއި އަދި ރަށަކަށް ވަނީ އެވޯޑު ދީފައެވެ. އޭގެ ތެރޭގައި 10 ކޮޓަރިއަށް ވުރެ ގިނަ ގެސްޓްހައުސްތަކުގެ ޓިއަރއިން ކަމަދޫއިން ވަނީ ތިން އެވޯޑެއް ހޯދާފައެވެ. އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ “ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް” ހާސިލުކުރީ ފުވައްމުލަކު ސިޓީއެވެ.

HajjCop_ads
Advertisement

އެވޯޑު ލިބުނު ފަރާތްތައް:
* ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ޓިއަރ 1 (10 ކޮޓަރިއަށް ވުރެ މަދު): މި އެވޯޑު ހާސިލުކުރީ ކޮނޑޭ ގާޑަން ވިލާއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރ މައުސޫމާ ޔޫސުފެވެ.

* ސާވިސް އެކްސެލެންސް އެންޑް ހޮސްޕިޓާލިޓީ ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ އޯޝަން ގްރޭންޑްއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ.

* އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ކަމަދޫއިންއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ.

* އައިލެންޑް އެކްސްކަރޝަންސް އެންޑް އެކްސްޕީރިއަންސަސް ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ކަމަދޫއިންއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ކޮމްޕެނީ ސެކްރެޓަރީ ޙުސައިން ޢަލީ ޙަބީބެވެ.

* ކިއުލިނަރީ އެކްސްޕީރިއަންސް ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ބްލިސް ދިގުރަށެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ކްރެޑިޓް އޮފިސަރ ފާތިމަތު އަޒްމަތު ޢަލީއެވެ.

* އީކޯ-ފްރެންޑްލީ ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ކަމަދޫއިންއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ޢަލީ ވާސިފެވެ.

* ކޮމިއުނިޓީ އިމްޕެކްޓް ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ސްވަރން ބައި ހޯކްސްއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ޢަލީ ވާސިފެވެ.

* އައުޓްސްޓޭންޑިންގ ޑައިވް މާސްޓަރ (ފަރުދީ އެވޯޑު): މި އެވޯޑު ހާސިލުކުރީ މުޙައްމަދު ޝަމޫން އަމީން އެވެ. އެވޯޑު ހަވާލުކޮށްދެއްވީ ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ އިޔާޒް ވަހީދެވެ.

* ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް: މި އެވޯޑު ހާސިލުކުރީ ފުވައްމުލަކު ސިޓީއެވެ. އެވޯޑު ހަވާލުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުފައްޟަލް އިދްރީސް ޚުމްރީއެވެ.

ގެސްޓްހައުސް ސިނާއަތަކީ މިވަގުތު ރާއްޖޭގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. މިވަގުތައް ބަލާލާއިރުވެސް ރާއްޖޭގައި 931 ގެސްޓްހައުސްއެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 16،000 އިން މައްޗަށް އަރައެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން %21.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބ.އަތޮޅުގެ 4 ރަށަކުން އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

MIB has officially launched ATM in B. Atoll Kendhoo

އޭދަފުށީގައި އެމްއައިބީގެ ބްރާންޗެއް އިފްތިތާހުކޮށްފި

MIB Islamic bank

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 111 މިލިޔަން ރުފިޔާ

MIB Islamic bank

ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން މއ. ކުދިމަގޫގެ 12 މިލިއަން ރުފިޔާގެ ފެށޭ އަގަކާއެކު އެމްއައިބީން ނީލަމަށް