ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން މއ. ކުދިމަގޫގެ 12 މިލިއަން ރުފިޔާގެ ފެށޭ އަގަކާއެކު އެމްއައިބީން ނީލަމަށް

MIB Islamic bank
Maldivian_Ads
TTH_Ads
STO_Ads
Advertisement

ސިވިލް ކޯޓުން ދާދި ފަހުން ކުރި ހުކުމަކާ ގުޅިގެން، މާލޭގެ މާވެޔޮ މަގުގައި ހުންނަ މއ. ކުދިމަގޫގެ ނީލަމުގައި ވިއްކާލަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިއުލާންކޮށްފިއެވެ.

މާވެޔޮ މިސްކިތް ކައިރީގައި އޮންނަ 830 އަކަފޫޓުގެ މި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެމްއައިބީން މައުލޫމާތު ދޭ ގޮތުގައި މި ނީލަމުގައި ބައިވެރިވުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 12.15 މިލިއަން ރުފިޔާއެވެ.

ނީލަމުގެ ސުންގަޑި ހަމަވުމުން، އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ކުރިމަތީގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާންކުރާނެ ކަމަށް އެމްއައިބީން ބުނެއެވެ. އަދި އެއަށްފަހު އަގު ބޮޑުކުރަން ބޭނުންވާ ފަރާތްތަކުން އަލަށް ހުށަހަޅާއިރު، ފެށޭ އަގަށްވުރެ މަދުވެގެން ފަސް ލައްކަ ރުފިޔާ އިތުރުކުރަން ޖެހޭނެއެވެ.

HajjCop_ads
Advertisement

މި ނީލަމުގައި ބައިވެރިވެވޭނީ އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅައިގެންނެވެ. ބިޑް ސެކިއުރިޓީގެ ނަމޫނާ ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެމްއައިބީގެ ނަންބަރު 3325555 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ބޭންކުން ވަނީ އެދިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަލައިދޫގައި އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ބަހައްޓައިފި

MIB

އިސްލާމީ ބޭންކިންގ ދާއިރާގެ ބައިނަލްއަޤްވާމީ އެވޯޑެއް އެމްއައިބީއަށް

MIB Islamic bank

އެމްއައިބީގެ ހިއްސާދާރުންނަށް 129.6 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފި