ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮމަދޫ ބަނދަރުގައި ބޮޑުހިލާ ޖެހުމާއި، އެއްގަމު ތޮށީގެ މަސައްކަތް ކުރިއަށް

STO_Ads
TTH_Ads
Advertisement

އދ. އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބޮޑުހިލަ ޖެހުމާއި، އެއްގަމު ތޮށީގެ ބްލޮކް ބަހައްޓާ ފުންކުރުމާއި ބޭރު އެއްގަމު ތޮށީގެ ބްލޮކްތައް އަތުރައި ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިމަޝްރޫޢުގެ ދަށުން 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 12،105 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 346 މީޓަރުގެ ސަރަޙަދެއްގެ އެއްގަމު ތޮށިލުމާއި، 398 މީޓަރުގެ ސަރަޙަައްދެއްގައި ބޭރުތޮށިލުމުގެ އިތުރުން 208 މީޓަރުގެ ސަރަަޙައްދެއްގެ ރިވެޓްމެންޓް ޖެހުމާއި، 1،6470 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމެންޓް ހެދުމާއި އަދި 150 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މިއީ 66.96 މިލިއަން ރުފިޔާއަށް 630 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލު ކުރެވިފައިވާ މަޝްރޫޢުއެކެވެ.

HajjCop_ads
Advertisement

އާބާދީގައި 853 މީހުން ދިރިއުޅޭ އޮމަދޫއަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ ރަށެކެވެ. މިރަށަކީ މަސްވެރިކަންވެސް ކުރާ ރަށަކަށްވުމާއެކު ރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގެ ދުވަސްވެފައިވާ ބަނދަރު ބާވެ ހަލާކުވެފައިވުމެވެ.

ބަނދަރު ތަރައްޤީކޮށް ނިމުމުން ލަފާފުރުމުގެ ފަސޭހަވުމުގެ އިތުރުން އިޤްތިސާދީގޮތުންވެސް ފައިދާތަކެއް އޮމަދޫގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުގައި، ތަރައްްޤީގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

88887

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި