އދ. އޮމަދޫގައި ތަރައްގީކުރާ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއަކީ 1.24 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިހާރު ކުރިއަށްދަނީ ފެންސް ވެލްޑިންގް ކުރުމާއި ކުލަލުމުގެ މަސައްކަތްތަކެވެ.

އިޝްތިހާރު އިޝްތިހާރު

އޮމަދޫގައި ތަރައްގީކުރާ މި ވޮލީ ކޯޓުގެ ބިންގާ އަޅާފައި ވަނީ 8 އޮކްޓޫބަރު 2025 ގައެވެ.

މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑު މަސައްކަތްތަކާއި، ކަރަންޓު ގުޅުމުގެ މަސައްކަތްތަކުގެ އިތުރުން ޓާފް އެޅުމާއި ކުޅިވަރު ކުޅުމަށް ބޭނުންވާ އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯޓުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން އޮމަދޫގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އެކަށީގެންވާ ފަހި މާހައުލެއް ގާއިމުވެގެންދާނެއެވެ.