ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ އެ ނޫންގޮތެއް ނެތިގެން: މިނިސްޓްރީ

Minister Geela
TTH_Ads
STO_Ads
Maldivian_Ads
Advertisement

ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ގޮތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، މައިންބަފައިންނާއި އާއިލާގެ އެއްވެސް ފަރާތަކުން ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތުގައި މެނުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންދެވޭނެ ކަމަށް ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަނީ އެ ނޫން އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމުގައި އަބަދުވެސް އަމަލުކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

އެ ބަޔާނުގައިވާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެ ހާ ތާނައިގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކުއްޖަކާ ގުޅޭ ކޮންމެ ނިންމުމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.

HajjCop_ads
Advertisement

ވުޒާރާއިން ބުނީ ކުއްޖެއްގެ ރައްކާތެރިކަން ޔަގީން ނުވާ ހާލަތުގައިވެސް އެންމެ ފުރަތަމަ މަސައްކަތްކުރާނީ މައިންބަފައިންގެ ގާތުގައި ބައިންދައިގެން ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އެ ގޮތް ނެތިއްޖެ ނަމަ އާއިލާގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފަރާތެއް ހޯދުމަށް އިސްކަންދޭ ކަމަށްވެސް ބުނެފައިވެއެވެ. މައިންބަފައިންނާއި އާއިލާގެ އެއްވެސް ފަރާތަކުން ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތުގައި މެނުވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނުގެނެވޭނެއެވެ.

ހަމައެހެންމެ މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ސައްހަ ސަބަބެއް ނޫން ކަމަށް ބަޔާނުގައިވެއެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނެގުމަކީ ގާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅެވެ.

ކުޑަކުދިންނާއި ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ ހަބަރުތައް ގެނެސްދެވޭ ގޮތުން އެ ފަރާތްތައް އިތުރު ނާޒުކު ހާލަތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. އެހެންކަމުން މިފަދަ ހަބަރުތައް ދައުރުކުރުމުގައި މީޑިއާއާއި މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށާއި ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އަށްޑިހަ އަށްވަނަ މާއްދާގެ ދަށުން ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރު ނުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ދައުލަތަށް ލިބިދީފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު