ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީރާ މެދުވެރިކޮށް ވަޤުފު ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

Dr shaheem
TTH_Ads
STO_Ads
Advertisement

އަހަރުގެ މިހާތަނަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވެބްސައިޓް މެދުވެރިކޮށް ވަޤުފު ފަންޑަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މިކަން ހާމަކުރައްވައި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު ތަރައްގީކޮށް، ފަންޑަށް އެހީވުމަށް މީރާގެ ވެބްސައިޓްތެރެއިން ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް ގާއިމުކުރެވުނު ލިންކުތަކުން އަހަރު މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ.

މިފައިސާ ހަރަދުކުރަނީ ވަޤުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށް، ވަޤުފު ފަންޑުގެ އުސޫލުގައިވާ ގޮތުގެ މަތިންކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ވަޤުފް ފަންޑަކީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގައި ދީނީ އަދި އިޖުތިމާއީ ކަންކަމަށް ފައިސާ ހޯދުމަށާއި، ވަޤުފްގެ ނިޒާމު ފުޅާކޮށް ތަރައްގީކުރުމަށް ހިންގާ ހާއްސަ ފަންޑެކެވެ. މި ފަންޑުގެ ތެރެއިން މިހާރު ވެސް އަންނަނީ މިސްކިތްތަކާއި ދީނީ މަރުކަޒުތައް ބިނާކުރުމާއި އެފަދަ ތަންތަނުގެ މަރާމާތުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. އަދި ފަގީރުންނާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދީ، ތައުލީމީ އަދި ސިއްހީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ވެސް ފަންޑު މެދުވެރިކޮށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވައުދުތަކުގެ ތެރެއިން މުހިންމު އެއް ވައުދަކީ ވަޤުފު ފަންޑުގެ މަޝްރޫއުތައް ފުޅާކުރުމުގެ ވައުދެވެ. އޭގެ ބޭނުމަކީ އިސްލާމީ ހިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުމެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ

mira

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރަންލާރި އެވޯޑް 20 ފަރާތަކަށް ދީފި

mira

ދަައުލަތަށް ޓެކުހާއި އެނޫން ގޮތްގޮތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން މީރާއިން 2.09 ބިލިއަން ރުފިޔާ ހޯދައިފި